އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ މުދާ ބޭނުންކުރާ މައްސަލަ ހައްލުކުރަންޖެހޭ: ނަޝީދު

Loading

Facebook
Twitter
WhatsApp

އިންތިޚާބުތަކާ ދިމާކޮށް ވެރިކަމުގެ ފަރާތުން ދައުލަތުގެ މުދަލާއި ދައުލަތުގެ މީޑިއާ ބޭނުންކުރަމުންދާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހަފުތާގައި ޔޫރަޕިއަން ޔޫނިއަން އިލެކްޝަން އޮބްޒަވޭޝަން ޓީމެއް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށެވެ.

އިންތިޚާބުތަކާ ގުޅޭ ގޮތުން އެ ބޭފުޅުން ބައެއް ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި އެ ކަންކަން ހިމެނިފައި ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ޚާއްސަކޮށް ދައުލަތުގެ މުދާ އިލެކްޝަނަށް ބޭނުންކުރުމާއި އަދި ދައުލަތުގެ މީޑިއާ ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުންކުރަމުން ގެންދިއުން މި ދެ ކަންތައް އެބޭފުޅުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކުރެއްވި.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ކަންކަމަށް ގާނޫނީ ހައްލެއް ހޯދުމަލީ ބޭނުންތެރިކަމެއް ކަމަށެވެ.

އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުތަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ބަހުސްކުރައްވައިފައެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު ހުށަހެޅުއްވި ބިލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި އޮތީ ކެންޑިޑޭޓުންނަށް ވައުދުވެވޭނެ ކަންކަމާއި ރިޝްވަތުގެ ގޮތުގައި ބެލިދާނެ ކަންކަމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް