ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

Loading

Facebook
Twitter
WhatsApp

އުސޫލުތަކާ ޚިލާފަށް ތ.ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.  

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ތ.ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ޙުސައިން އަޙަދުއާއި އެ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ސަރާޙްގެ މައްޗަށެވެ. 

އޭސީސީން މިއަދު ބުނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ.ގުރައިދޫ ކައުންސިލުން ޢަމަލުކުރަމުން އައި އުސޫލާއި ޚިލާފަށް އިއުލާނު ނުކޮށް ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ޙުސައިން އަޙަދުއާ މުޙައްމަދު ޞަރާޙު ސޮއިކޮށްފައިވުމުން ބިންތައް ދޫކުރުމުގައި އެ ދެފަރާތުގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ކުރަން އެދިފައިވާނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް