ރައީސް ވިދާޅުވީ އެމްޑީޕީގައި ނަޝީދަށް ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އެ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް އިއްޔެ ވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ. މުލިއާގޭގައި ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކަފުގައި ރައީސް ޞާލިޙް ވިދާޅުވީ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން ނަޝީދަށް މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ. “އެކަމެއް ނުކުރެވޭނެ ނޫންތޯ, ނުކުރެވޭނެ.“ “ފިކުރެއްގެ […]
ގެއްލިގެން ހޯދަން އިއުލާނުކުރި ނާޝިދު ފެނިއްޖެ

ގެއްލިގެން ހޯދަން އިއުލާނުކުރި ކ. މާލެ/ހ.ކޯލީފްލާވަރ, އަޙްމަދު ނާޝިދު (46އ) ފެނިއްޖެއެވެ. ފުލުހުން މިއަދު ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ނާޝިދު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ނާޝިދު ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ ފުލުހުން އޭނާގެ ފޮޓޯ އާންމުކުރީ މިއަދު 11:47 ގައެވެ. އޭގެ ތިންގަޑިއިރު ފަހުން ފުލުހުން ވިދާޅުވީ ނާޝިދު މިހާރު ފެނިފައިވާ […]
ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މެއިމަހުގެ 05 ގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާ އަންނަ މެއިމަހުގެ 05 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެ ގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގައެވެ. ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށްޓަކައި ރިޔާސީ ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ނިންމިއެވެ. އެކަމަށް ހުޅުވައިލި ފުރުސަތުގައި ފޯމު ހުށަހެޅުއްވީ އެ […]
މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ކ. މާލެ/ހ.ކޯލީފްލާވަރ, އަޙްމަދު ނާޝިދު (46އ) އެވެ. ފުލުހުން ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ 19 ވަނަ ދުވަހު ކަމަށެވެ. “އަޙްމަދު ނާޝިދު ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުން ހުރި އެންމެހާ ބަހާތަކަށް މައުލޫމާތުތައް ހިއްސާކޮށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.“ ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ނާޝިދު ހޯދުމަށްޓަކައި މިހާތަނަށް […]
ފާރިޝަކީ ރަނިންމޭޓް ކަމަށް ގާާބިލު ބޭފުޅެއް: ޤާސިމް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް ފާރިޝް މައުމޫނަކީ ރަނިންމޭޓް ކަމަށް ގާާބިލު ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖޭޕީގެ ލީޑަރު ޤާސިމް މިހެން ވިދާޅުވީ އެމްއާރްއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ދަރިކަލުން ފާރިޝާއެކު މައުމޫން ފައުންޑޭޝަންގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޖޭޕީގެ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ފާރިޝް ހަމަޖެއްސެވުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން […]
ޤާސިމް އިބްރާހިމް ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޖަމްޢިއްޔަތުއްސަލަފްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ޤާސިމް ޖަމްޢިއްޔަތުއްސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވީ އެ ޖަމްޢިއްޔާގެ އޮފީހުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ބައްދަލުވުމަކީ ޤާސިމްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މި ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމާއި ޤާސިމްގެ […]
މާރާމާރީއަކާ ގުޅިގެން ހޯދަމުން އަންނަ މީހަކު ފޮރުވައިގެން އުޅޭތީ 5 މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ސ.މަރަދޫފޭދޫ/ރަށްދެބައިގޭ އުމުރުން 25 އަހަރުގެ އިބްރާހީމް ފައިޙް ނިޡާމެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފައިޙް ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި އޭނާ ފޮރުވައިގެން ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މާލެ ސަރަހައްދުން ދިވެހި ފަސް ފިރިހެނުން ހައްޔަރުކުރީ ރޭގެވަގުތެއްގައި ކަމަށެވެ. އަދި […]
ތަކެތީގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ގޮވާލައްވައި ގަރާރެއް

ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑުކުރުމާއެކު މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ, ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވައިލައްވާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު, މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ. މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވެވުމެވެ. ޝަރީފްގެ ގަރާރުގައި ވިދާޅުވެފައިވަނީ, ޖީއެސޓީ ބޮޑުކުރުމާއެކު ކާބޯތަކެއްޗާއި މުދަލާއި […]
ޢަރަބިއްޔާގެ ދަރިވަރުންގެ މޫނު ބުރުގާ ނަގަން އަންގައިފި

ރާއްޖޭގައި ޢަރަބި ތައުލީމަށް ޚާއްސަކޮށްފައިވާ ޢަރަބިއްޔާ ސްކޫލުގައި ބައެއް ދަރިވަރުން ޔުނީފޯމާއެކު މޫނުބުރުގާ އަޅާތީ އެކަން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ ސުކޫލުން ތަންފީޒުކުރަން ފަށައިފިއެވެ. ޢަރަބިއްޔާގެ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށްދާތީ އެކަމުގައި އަމަލުކުރާނެ ގޮތަކާމެދު އެޑިއުކޭޝަން މިނިސްޓްރީގެ ލަފަޔަކަށް އެ ސްކޫލުން މިދިޔަ އަހަރުވަނީ އެދިފައެވެ. އެ މިނިސްޓްރީން މިދިޔަ ޑިސެމްބަރު 28 ގައި އެ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް […]
ކޯލިޝަން ހެދުމާގުޅޭ ގޮތުން މައުމޫން ގޮތެއް ނުނިންމަވާ, އިތުރަށް މަޝްވަރާ ކުރައްވަނީ

އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާގުޅޭ ގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ބޭއްވި ބައްދަލުވުމުގައި ގޮތެއް ނުނިންމާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެން ރައީސް ޞާލިޙް އެމްއާރްއެމްއަށް ސިޓީއެއް ފޮނުއްވިއެވެ. އެ ގޮތުން އެ ޕާޓީގެ ޒައީމް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވަނީ ރައީސް ޞާލިޙާ ބައްދަލުކުރައްވައިފައެވެ. […]