ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން ވަކިކުރައްވައިފިއެވެ. “ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ޝިފާޒް އެ މަގާމުން ވަކިކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު 22 ގައި ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިފާޒަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ […]

އެމްޑީއެން އުވައިލީ ނަމެއްގައި, ފިޔަވަޅެއް އަޅާކަށް ބޭނުމެއްނުވޭ

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާޢީލް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިންމަވައިފިއެވެ. އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ”ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ ގެ ނަމުގައި އެމްޑީއެންއިން ރިޕޯޓެއް ނެރުމާ ގުޅިގެން ރައްޔިތުން އިހުތިޖާޖު ކުރަން ފެށުމުން ކުރިމަތިވި ޕްރެޝަރުތަކާއެކު ސަރުކާރު އެ ޖަމްއިއްޔާ އުވައިލަން ނިންމެވީ […]

ސަރުކާރުން ވިދާޅުވަނީ ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ބޭރުން ފައިސާ ހޯދަން ދަތިވާނެކަމަށް

ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ދައުލަތަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު, މިނިސްޓަރު އަމީރުއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ދެ ސުވާލުގެ ޖަވާބު އިއްވަވައިފައެވެ. އިބްރާހީމް ރަޝީދު ސުވާލު ކުރައްވާފައިވަނީ 2021 ވަނަ އަހަރުގެ ކަރަންޓް ޑެބްޓް ޓު ޖީ.ޑީ.ޕީ ރޭޝިއޯ އަކީ ކޮބައިތޯއާއި, އަދި 2022 […]

މެރުއާނާ ހުއްދަކުރަން ގޮވައިލުމުން ރިޔާސަތުން އެކަން ނުހުއްޓުވައި ނުލަފާކަން ދައްކާލައިފި

ރާއްޖޭގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެރުއާނާ ހުއްދަކުރަންޖެހޭ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދެއްކެވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހުއްޓުވާފައި ނުވާތީ ބައެއް މެންބަރުން އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ, މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން  ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވައިފައެވެ. ޖާބިރަށް ފުރުސަތު ލިބިވަޑައިގަތުމުން ދެއްކެވި […]

އަމްރު މަގާމުން ވަކިކޮށް އެސްޓީއޯ ހިންގުން ސީއެފްއޯ ނިޒާމަށް

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މަގާމުން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު ފާސްކޮށްފިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިން ކަމަށް ވިދާޅުވެ, އެސްޓީއޯގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަމްރު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޕީ.ސީ.ބީ އަށް ފޮނުއްވީ މިއަދުގެ ވަގުތެއްގައެވެ. އެ ގޮތުން ޕީސީބީއިން މިއަދު ހަވީރު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ވަނީ އަމްރު މަގާމުން ވަކިކުރަން […]

އަމްރު މަގާމުން ވަކިކުރަން ރައީސް ޞާލިޙް އަންގަވައިފި

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންގަވައިފިއެވެ. އެސްޓީއޯގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަމްރު ވަކިކުރުމަށް ރައީސް ޞާލިޙް މިއަދު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް އަންގަވައިފައެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޞާލިޙް އެ ގޮތަށް ނިންމެވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިންނެވެ. އަމްރު މަގާމުން ވަކިކޮށްފައިވާރު އެސްޓީއޯ ހިންގުން ހަވާލުކުރެއްވި ބޭފުޅެއް […]

ފަތުރަނީ ދޮގު ޚަބަރެއް, ޖޭޕީއާއެކު އިތުރު ބައްދަލުވުމެއް ނުބާއްވަން: ސަލަފް

ޖަމްއިއްޔަތުއްސަލަފުގެ އިސް ބޭފުޅުން ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ޖަމްއިއްޔާއިން ދޮގުކޮށްފިއެވެ. ސަލަފުގެ އިސް ބޭފުޅުން މިދިޔަ ހަފުތާގައި ސަން އައިލެންޑް ރިސޯޓުގައި ޖޭޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ. ސަލަފުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭޕީގެ އެދިލެއްވުމަކަށް މި މަހުގެ 20 ވަނަ ދުވަހު އެ ޖަމްއިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުން ފިޔަވައި […]

ރިޔާސީ އިންތިޚާބު މޮނިޓާކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އަންނަ ރިޔާސީ އިންތިޚާބު މޮނިޓާކުރަން ބޭނުންވާ ބޭރުގެ ޖަމްއިއްޔާތަކަށް އެކަމަށް އެދި ހުށަހެޅުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ފުރުސަތު ހުޅުވާލައިފިއެވެ. އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު މޮނިޓާ ނުވަތަ އޮބްޒާވްކުރަން ބޭނުންވާ ޖަމްއިއްޔާތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ޖުލައިމަހުގެ 25 ގެ ނިޔަލަށް ކަމަށެވެ. ރިޔާސީ އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހަށެވެ. ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން […]

ރައީސް ޞާލިޙް އިންތިޒާރުގައި ހުއްޓާ ޤާސިމް ކެމްޕޭން ފަށަނީ

އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީން ކެމްޕެއިން ކުރުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަން އިއުލާނުކުރެއްވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އެ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. ޤާސިމްގެ މެސެޖުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅުންހުރި މަސައްކަތްތައް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާ ހަވާލުކޮށްފައިވާތީ އަމީނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޖޭޕީއިން އިންތިޚާބުގައި […]

ޤާސިމަށް އިއްވެވި ފޮނި ބަސްތަކާއެކު ނަޝީދަށް “ހުކުރު ހައްޖެއް“

އަންނަ ރިިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީއާ ގުޅިގެން ކުރިއަށް ދިއުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުން ނިންމައިފިއެވެ. ރައީސް ނަޝީދުގެ މަންދޫބުން ރޭ ވަނީ ޖުމްހޫރީ ޕާޓީއާއެކު އެ ޕާޓީގެ މައި އިދާރާކަމަށްވާ މާފަންނު ކުނޫޒުގައި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރުއެވެ. ޖޭޕީގެ […]