ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން ވަކިކުރައްވައިފިއެވެ.

“ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ޝިފާޒް އެ މަގާމުން ވަކިކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރު 22 ގައި ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިފާޒަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދު ނުކުރައްވައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރެއިން ސަރުކާރުގެ/ސިޔާސީ މަގާމު ތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ޞާލިޙް ވަނީ ފަށްޓަވައިފައެވެ.

އެ ގޮތުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވެސް ވަނީ އެ މަގާމުން ވަކިކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް