ރައީސް ޞާލިޙް އިންތިޒާރުގައި ހުއްޓާ ޤާސިމް ކެމްޕޭން ފަށަނީ

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީން ކެމްޕެއިން ކުރުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަން އިއުލާނުކުރެއްވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އެ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

ޤާސިމްގެ މެސެޖުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅުންހުރި މަސައްކަތްތައް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާ ހަވާލުކޮށްފައިވާތީ އަމީނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖޭޕީއިން އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ ޕާޓީއަށް ދައުވަތު ދެެއްވާފައިވަނިކޮށެވެ.

ނަމަވެސް ރައީސް ޞާލިޙް ހުންނެވީ އަދިވެސް ޤާސިމްގެ ރަސްމީ ޖަވާބެއްގެ އިންތިޒާރުގައެވެ. މީގެ ދެދުވަހެއް ކުރިން ރައީސް ޞާލިޙް ވިދާޅުވީ އަދިވެސް ހުންނެވީ ކޯލިޝަން ހަދަން ޖޭޕީއަށް ދެއްވި ދައުވަތުގެ އިންތިޒާރުގައި ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޤާސިމް ދާދިފަހުން ވަނީ އެމްއާރްއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ. މީގެއިތުރުން ޖަމްޢިއްޔަތުއްސަލަފުގެ ބޭފުޅުންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.

ފޮޓޯ: ސަން

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް