މެރުއާނާ ހުއްދަކުރަން ގޮވައިލުމުން ރިޔާސަތުން އެކަން ނުހުއްޓުވައި ނުލަފާކަން ދައްކާލައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެރުއާނާ ހުއްދަކުރަންޖެހޭ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދެއްކެވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހުއްޓުވާފައި ނުވާތީ ބައެއް މެންބަރުން އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ,

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން  ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވައިފައެވެ.

ޖާބިރަށް ފުރުސަތު ލިބިވަޑައިގަތުމުން ދެއްކެވި ވާހަކައިގައި ވިދާޅުވީ ޑްރަގް ބޭނުންކުރާ ޒުވާނުން ބަލިވުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ މެޑިކަލް މެރުއާނާ އެތެރެކުރުން ކަމަށެވެ.

“މެޑިކަލް މެރުއާނާ ހުއްދަކުރަންވީ ރާއްޖޭގަ. އެއީ މިކަމަށް އޮތް ބޭހަކީ. ދެން އަނެއްކާ ވެސް ދިވެހި ރައްޔިތުންނަށް ޒައްގޫމް ދީގެން ނުވާނެތާ މީ ބޭހެކޭ ކިޔާ ބަހައްޓާފަ. ދުނިޔޭގަ ތަހުޒީބު ގައުމުތަކުގައި މިހާރު މެޑިކަލް މެރުއާނާ ހުއްދަކޮށްފި. އަޅުގަނޑުމެން އަންޑަސްޓޭންޑްވާން އެބަޖެހޭ.“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކައާ ގުޅިގެން މަކުނުދޫ ދާއިރާގެ މެންބަރު ނެންގެވި ނިޒާމީ ނުކުތާގައި ވަނީ ޖާބިރުގެ ވާހަކައިގައި ދީނާ ނުގުޅޭ އަދި ފުށޫއަރާ ވާހަކަ ހުރިއިރު ރިޔާސަތުން އެކަން ހުއްޓުވާފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ނަމަވެސް ރިޔާސަތުން ވިދާޅުވީ ނިޒާމީ ނުކުތާ ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މައްސަލައަކަށް ބަހުސް ކުރާއިރުގައި ހުރި މައްސަލަތަކުގެ ވާހަކަ ދެކެވެންޖެހޭނެ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ދީނާ ޚިލާފު މައްސަލައެއް ނޫން ކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

“އަޅުގަނޑުމެން މައްސަލައެއްގައި ބަހުސް ކުރާއިރުގައި ހުރި އޭގަ ހުރި މައްސަލަތަކުގެ ވާހަކަ ދެކެވެންޖެހޭނެ. އެއީ އެއްގޮތަކަށް ވެސް ދީނާ ޚިލާފު މައްސަލައެއް ނޫން.“ ރިޔާސަތުން ވިދާޅުވިއެވެ.

ހަމައެއާއެކު ނިޒާމީ ނުކުތާއެއް ނަންގަވައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތީގެ ވާހަކަ ޕްރޮމޯޓް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

“މިތާގަ ދެން އަޅުގަނޑުމެންނަކަށް ދީނީ މައްސަލައިގަ ބަހުސްކުރެވޭކަށް ނޯންނާނެ. އަޅުގަނޑުމެންނަކީ ދީނީ ބަހުސްކުރާ ބައެއް ނޫން.“ ޝަރީފްގެ ވާހަކައާ ގުޅިގެން ރިޔާސަތުން ވިދާޅުވިއެވެ.

އެއަށްފަހު އަނެއްކާ ވެސް ޖާބިރު ދައްކަވާނެ ވާހަކައެއް ދައްކަވަން ރިޔާސަތުން ދޫކޮށްލެއްވީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް ނުރަސްމީ ދަތުރުފުޅެއްގައި އަދި މަޖިލީހުގެ ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ, މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް