ސަރުކާރުން ވިދާޅުވަނީ ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ބޭރުން ފައިސާ ހޯދަން ދަތިވާނެކަމަށް

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ދައުލަތަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު, މިނިސްޓަރު އަމީރުއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ދެ ސުވާލުގެ ޖަވާބު އިއްވަވައިފައެވެ.

އިބްރާހީމް ރަޝީދު ސުވާލު ކުރައްވާފައިވަނީ 2021 ވަނަ އަހަރުގެ ކަރަންޓް ޑެބްޓް ޓު ޖީ.ޑީ.ޕީ ރޭޝިއޯ އަކީ ކޮބައިތޯއާއި, އަދި 2022 ވަނަ އަހަރަށް ލަފ ކުރެވޭ ޑެބްޓް ޓު ޖީ.ޑީ.ޕީ ރޭޝިއޯއަކީ ކޮބައިތޯ އަދި ދައުލަތުގެ ދަރަނި މިހާ ބޮޑުއިރު

ދަރަނި މަދުކޮށް ރީސްޓްރަކްޗަރ ކުރުން މުހިންމު ކަމަކަށް ވީހިނދު, މިނިސްޓްރީން އެކަން އެގޮތަށް ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯއެވެ.

އަމީރު ފޮނުއްވި ޖަވާބުގައިވާ ގޮތުން 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި އަދި ގެރެންޓީކޮށްދީފައިވާ ދަރަނީގެ ޖީޑީޕީ ރޭޝިއޯއަކީ %118 އެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި %100 އަދި ގެރެންޓީކޮށްދީފައިވާ %18 ކަމަށް އަމީރު ވިދާޅުވެފައިވެއެވެ.

އަދި 2022 އަހަރު ނިމުނުއިރު ޖީޑީޕީ ރޭޝިއޯ ހުރީ %111 ގައި ކަމަށާއި އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި %98 އަދި ގެރެންޓީކޮށްދީފައިވާ %13 ކަމަށް އަމީރު ވިދާޅުވެފައިވެއެވެ.

އަމީރު ވިދާޅުވެފައިވަނީ ދަރަނި ރީސްޓްރަކްޗަރ ކުރުމަކީ ރޭޓިންގ އެޖެންސީތަކުން ސަރުކާރު ސެލެކްޓިވް ޑީފޯލްޓް ރޭޓިންގއަށް ޑައުންގްރޭޑް ކުރާކަމެއް ކަމަށާއި އޭގެ ނަތީޖާއަކަށްވެގެން ދާނީ ދައުލަތަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ދަތިވުން ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް އެންމެ ރަނގަޅު މަގަކީ ދައުލަތުގެ ޚަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް