އަމްރު މަގާމުން ވަކިކޮށް އެސްޓީއޯ ހިންގުން ސީއެފްއޯ ނިޒާމަށް

Loading

Facebook
Twitter
WhatsApp

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މަގާމުން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިން ކަމަށް ވިދާޅުވެ, އެސްޓީއޯގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަމްރު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޕީ.ސީ.ބީ އަށް ފޮނުއްވީ މިއަދުގެ ވަގުތެއްގައެވެ.

އެ ގޮތުން ޕީސީބީއިން މިއަދު ހަވީރު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ވަނީ އަމްރު މަގާމުން ވަކިކުރަން ފާސްކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ނިންމީ އެސްޓީއޯގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުޙައްމަދު ނިޒާމާ އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރުމަށެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް އޮފީހުން ވަނީ ޕީސީބީއަށް ނަން ލިސްޓެއް ފޮނުއްވައިފައެވެ. ނަމަވެސް އެ ލިސްޓުގައި ތިއްބެވީ ކޮން ބޭފުޅުންނެއް ކަމެއް ސާފެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް