ރައީސް ވިދާޅުވީ އެމްޑީޕީގައި ނަޝީދަށް ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އެ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށް ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް އިއްޔެ ވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

މުލިއާގޭގައި ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކަފުގައި ރައީސް ޞާލިޙް ވިދާޅުވީ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން ނަޝީދަށް މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ.

“އެކަމެއް ނުކުރެވޭނެ ނޫންތޯ, ނުކުރެވޭނެ.“ “ފިކުރެއްގެ ދިރުން“ ގެ ނަމުގައި ޕާޓީ ތެރޭގައި ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ ތެރޭގައި އަމަލު ކުރަންޖެހޭ ވަކި އުސޫލުތަކެއް އެބަ ހުރި ކަމަށާއި އެންމެން ވެސް އަމަލު ކުރަންޖެހޭނީ އެ އުސޫލުތަކަށް ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ނަޝީދާ މަޝްވަރާ  ކުރައްވާނަންތޯ ސުވާލު ކުރުމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބާއްވައި މިހާރު ކެންޑިޑޭޓަކު ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ޕާޓީ އޮންނަން ޖެހޭނީ އެ ނިންމުމާއެކު ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޖަނަވަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އިންތިޚާބާ ގުޅޭ ގޮތުން ނަޝީދާ މަޝްވަރާ ކުރައްވާފައިވާނެތޯ ސުވާލުކުރުމުން ރައީސް ޞާލިޙް ވިދާޅުވީ ޕްރައިމަރީއަށްފަހު ނަޝީދާ މަޝްވަރާ ކުރައްވާފައި ނުވާނެ ކަމަށާއި, އެމްޑީޕީން މިހާރު ކުރަންޖެހޭ މަސައްކަތަކީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި އިންތިޚާބާ ގުޅޭ ގޮތުން އެ ނޫންކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ފޮޓޯ: ޖަޒީރާ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް