ޢަރަބިއްޔާގެ ދަރިވަރުންގެ މޫނު ބުރުގާ ނަގަން އަންގައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ޢަރަބި ތައުލީމަށް ޚާއްސަކޮށްފައިވާ ޢަރަބިއްޔާ ސްކޫލުގައި ބައެއް ދަރިވަރުން ޔުނީފޯމާއެކު މޫނުބުރުގާ އަޅާތީ އެކަން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ ސުކޫލުން ތަންފީޒުކުރަން ފަށައިފިއެވެ.

ޢަރަބިއްޔާގެ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށްދާތީ އެކަމުގައި އަމަލުކުރާނެ ގޮތަކާމެދު އެޑިއުކޭޝަން މިނިސްޓްރީގެ ލަފަޔަކަށް އެ ސްކޫލުން މިދިޔަ އަހަރުވަނީ އެދިފައެވެ.

އެ މިނިސްޓްރީން މިދިޔަ ޑިސެމްބަރު 28 ގައި އެ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެއަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގައިިދިނުމަށް އެދިފައެވެ. އެ ގޮތުން ސްކޫލުން މިހާރު ވަނީ އެ އެންގުން ތަންފީޒުކުރަން ފަށައިފައެވެ.

ޢަރަބިއްޔާގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އުޅެއެވެ.

މޫނު ބުރުގާ އެޅުން މަނާކުރާތީ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ބެލެނިވެރިން ބުނީ މިއީ އެ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅުމަށް އެޑިއުކޭޝަނުން ހިންގާ ޖަރީމާއެއް ކަމަށެވެ.

“ސްކޫލުގައި މީގެ ދުވަސްތަކެއް ކުރިން ކުދިން މާސްކު ނެގުވީ އެގްޒާމް ހަދަން ތިއްބާ. މާސްކް ނުނެގި ކުދިންގެ ޕޭޕަރު އަތުލާފައި ބޭރަށް ނެރުނީ. ވަރަށް އަނިޔާވެރި ކަމެއް.

މިހާރު މޫނު ނިވާ ކުރާ އަންހެން ކުދިން ނަންނޯޓުކޮށް ސުވާލުކޮށް ހަދަނީ. މޫނު ނިވާ ނުކުރަން އަންގަނީ.“ އެ ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

އަރަބިއްޔާގެ އަންހެން ކުދިންގެ ޔުނީފޯމް ކޯޑުގައި ހިމެނެނީ ބުރުގާއާއި ހެދުމާއި ސްކާޓާއި ހަރުވާޅެވެ. ފިރިހެން ކުދިންގެ ޔުނީފޯމް ކޯޑުގައި ހިމެނެނީ ގަމީހާއި ފަޓުލޫނެވެ.

ޢަރަބިއްޔާގެ ދަރިވަރުންތަކެއް. ފޮޓޯ: އަވަސް

Loading

3 Responses

  1. އެބަ ރަނގަޅުވޭ، އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން އެމީހުންގެ މިންގަނޑަށް މުސްލިމް ދިވެހިރާއްޖޭގެ އިސްލާމީ މިންގަނޑު ހަމަޖެހެނީއެވެ. އަދާލަތުގެ ޝެއިޚުންގެ އެއްބާރު ލުމާއި އެކުގައެވެ. ހޯމް މިނިސްޓަރުކަން ލިބުމުން އަދާލަތުގެ ރައީސް އިމްރާނުވެސް ފުރަތަ އޭނާގެ އަނބި އިސްލާހު ކުރެއްވީ އެ ފޮތިގަނޑު ނަގާހޫރާލައްވައިގެންނެވެ. ދެން މިހާރަކު އެފަދަ ވާހަކަތަކެއް ނުވެސް ދައްކަވާނެއެވެ. ދުނިޔެހޯދައިފާ އާޚިރަތް ވެސް ލިބޭތޯ ބެލީމާ ހަމަ އެންމެ ރަނގަޅޭ ބުނާކަހަލައެވެ. މިހާރު ދީނީ ހަރުކަށި މީހުން ސަރުކާރަށް އެޑްވައިޒް ކުރައްވަނީވެސް އަދާލަތު ޕާޓީގެ މިވަގުތުގެ މިންގަޑުންކަމަށް ވެއެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާފާ ނިމިދާނީ.

  2. ލޯބިވާ އިމްރާނަށް
    މިކަން މިއީ ވަރަށް ރަނގަޅު އަދި ދީނަށް ނަޞްރުދޭ އަދާލަތު ޕާޓީ ހިމެނޭ ސަރުކާރުން ކުރެއްވި ވަރަށް ހެޔޮލަފާކަމެއްކަން އެނގޭ ފަތުވާއެއް ވަރަށް އަވަހަށް ދެއްވުން އެދެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް