ޤާސިމް އިބްރާހިމް ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޖަމްޢިއްޔަތުއްސަލަފްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޤާސިމް ޖަމްޢިއްޔަތުއްސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވީ އެ ޖަމްޢިއްޔާގެ އޮފީހުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ބައްދަލުވުމަކީ ޤާސިމްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމާއި ޤާސިމްގެ އެޑްވައިޒަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖޭޕީން އަންނަނީ ސިޔާސީ އެކި ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކުރަމުންނެވެ.

ޤާސިމްގެ އެދިވަޑައިގަތުމުގެ މަތިން އެމްއާރްއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ދަރިކަލުން ފާރިޝް މައުމޫން ވެސް މިއަދު ވަނީ ޤާސިމާ ބައްދަލު ކުރައްވައިފައެވެ. 

ޤާސިމް ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާއިރު, އަންނަ ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްއެންޕީއާއި ޕީޕީއެމްއިން ވެސް ވަނީ އެ ޖަމްޢިއްޔާއާ ބައްދަލުކޮށްފައެވެ.

Loading

One Response

  1. ރާއްޖޭގައި އެންމެ ގިނައިން ރާވިއްކާ މީހާއާއި ސަލަފް ޖަމާއަތުން ބައްދަލު ކުރީމާ ސަލަފުންނަށް ދީނަށް އެކުރެވެނީ ފުރައްސާރަ އެވެ. އިސްލާމް ދީނާއި މެދު މީހުން ދެކޭގޮތް ބަދަލުވަނީ ތިޔަ ބޭކަލުންގެ ދެފުއްދެގޮތް ކަމުންނެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް