ކޯލިޝަން ހެދުމާގުޅޭ ގޮތުން މައުމޫން ގޮތެއް ނުނިންމަވާ, އިތުރަށް މަޝްވަރާ ކުރައްވަނީ

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާގުޅޭ ގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ބޭއްވި ބައްދަލުވުމުގައި ގޮތެއް ނުނިންމާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެން ރައީސް ޞާލިޙް އެމްއާރްއެމްއަށް ސިޓީއެއް ފޮނުއްވިއެވެ.

އެ ގޮތުން އެ ޕާޓީގެ ޒައީމް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވަނީ ރައީސް ޞާލިޙާ ބައްދަލުކުރައްވައިފައެވެ.

މިއަދު މެންދުރުކުރީ ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމާ  ގުޅިގެން އެ  އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދު އެކަމަށް ގޮތެއް ނުނިންމަވާތީ އިތުރަށް މަޝްވަރާކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް އެމްއާރްއެމްގެ އިތުރުން އަދާލަތާއި ޖޭޕީއަށް ވެސް ރައީސް ޞާލިޙް ދައުވަތު ދެއްވިއެވެ. 

އެހެންނަމަވެސް ޖޭޕީން ނިންމީ އިންތިޚާބުގައި ވަކިން ވާދަކުރުމަށެވެ. ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމީ އަދާލަތުންނެވެ.

Loading

One Response

  1. ފާރިޝްގެ ކެންޑިޑެންސީއަށް އިތުރު އުންމީދެކެވެ. ރައީސް ސޯލިހާގުޅޭނެ ފޮމިއުލާ ވަރަށް އުނދަގުވާނެއެވެ. އެހެނީ ނަޝީދު ގޭކުއްޖާ ގާސިމަށް ބައިޢަތު ހިފުމުން އެފަޅި ބުރަބޮޑީއެވެ. އަދި ޚަރަދު ކޮށްފާ އިތުރުވާ ވަރަށް ފައިސާ އިބޫވަނީ ދައުލަތުން ގާސިމަށް ބަދަލުގޮތުގައި ރުއްސުވަން ދީފައެވެ. މައުމޫނުވެސް 5 އަހަރުދުވަހު އިބޫ ބޭނުން ކޮއްލާފިއެވެ. ދެން އަދާލަތާއި ސަންސިޔާމާއި އިބޫއާއި ގުޅިގެން ގާސިމުގެ ކޯލިޝަން ބަލިނުކުރެވޭނެކަން މައުމޫނަށް އެނގޭނެއެވެ. އެއީ އިބޫކަހަލަ ކޮހެއް ނޫނެވެ. ވީމާ އަދި ގައްސާނު ޔާމީނު ކައިރީގައި ހުރުމުން ގާސިމާއި ޕޕމ އާއި ޑީލެއްވެސް ހެދޭނީ މައުމޫނު 1 ފެބްރުއަރީ ޚުމުން ނެރެދެއްވަން ކުޅުއްވި ޙިކުމަތުގެ ޢަމަލަކުންކަން ޔަގީންނެވެ. ވީއިރު ދެން އިބޫއާއި ގުލޭވޭނެ ފޮމިއުލާއެއް ނެތެވެ. ބަލަމާ؟!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް