ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މެއިމަހުގެ 05 ގައި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާ އަންނަ މެއިމަހުގެ 05 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގައެވެ.

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށްޓަކައި ރިޔާސީ ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ނިންމިއެވެ.

އެކަމަށް ހުޅުވައިލި ފުރުސަތުގައި ފޯމު ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. 

އެ ގޮތުން ނާޒިމް ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވައިފައެވެ.

އެމްއެންޕީގެ އަމާޒަކީ ކޯލިޝަނަކާ ނުލައި ގޮސް އިންތިޚާބު ކާމިޔާބު ކުރުމެވެ. 

ފޮޓޯ: އެމްއެންޕީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް