މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ ހެންވޭރު ގެއެއްގެ 5 ވަނަ ފަންގިފިލާގެ ބެލްކަނިން ކުޑަކުއްޖަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކުރީ ރޭ މެންދަމު 00:20 ހާއިރު ކަމަށެވެ.
އުމުރުން 4 އަހަރުގެ ކުއްޖާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ދަންވަރު 2:00 ހާއިރުއެވެ.
އިމާރާތުން ކުއްޖާ ވެއްޓެން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.
ފުލުހުން އެ ހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށެވެ.
އިމާރާތެއްގެ މަތިން ވެއްޓި މި ކުއްޖާ މަރުވެފައިވާއިރު, މިދިޔަ އަހަރު ހުޅުމާލޭގެ އިމާރާތެއްގެ 4 ވަނަ ފަންގިފިލާއިން ވެއްޓުނު 4 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ.
![]()
