ހަށިވިއްކުމުގެ ތުހުމަތުގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ހަށިވިއްކުމުގެ ތުހުމަތުގައި ފުވައްމުލަކުން އިއްޔެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އިދާރާއިން މިއަދު ވިދާޅުވީ ފުވައްމުލަކުގައި ހިންގަމުންދާ ސްޕާއެއްގައި ހަށިވިއްކަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައި ފާަސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހައްޔަރުކުރީ ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނަކާއި 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދާދިފަހުން މާލެއިން ވެސް މިފަދަ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކުރިއެވެ. އޭގެތެރެއިން އަންހެނަކާ ފިރިހެނަކު ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށެވެ.

ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް