ސީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުރުކުރީ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން: ސިޓީ ކައުންސިލް

Loading

Facebook
Twitter
WhatsApp

ވިލިމާލޭގައި ހިންގަމުންދާ ސީޝިއާ ރެސްޓޯރަންޓުގެ އިތުރުކުރީ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ބުނީ ސީޝިއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކޮށްފައިވަނީ އިއުލާނުކޮށްގެން ބިޑުކުރެވިގެން ނޫން ކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ ވިދާޅުވުމުންނެވެ.

 މާލޭ ސިޓީ ކައުންސިލުން ބުނީ ސީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްދީފައިވަނީ ދެފަރާތުގެ މެދުގައިވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން ކަމަށެވެ.

އެ ގޮތުން މި އެއްބަސްވުމަށް މުއްދަތު އިތުރުކުރުމަށް އެދި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވިލިމާލޭގައި ޕާކެއް ތަރައްގީކުރުމާއި, ވިލިމާލޭގެ އިރުމަތީފަރާތު މާލެއާއި ވީފަރާތުން ޕިކުނިކް ދާ ފަރާތްތަކަށް ޚާއްސަކުރެވިގެން ހަދާ އޭރިޔާގައި ބަހައްޓަންޖެހޭ ފާޚާނާބަރިއާއި ޝަވަރތައް އަދި ޗޭންޖިންގ ރޫމު ބަހައްޓާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ވިލިމާލޭ ސަރވިސްކޮމެޓީއަށް ހުށަހެޅުއްވީ ވިލިމާލޭ ސަރވިސް ކޮމެޓީގެ މުގައްރިރުކަން އޭރު ކުރެއްވި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އަދި އެ ހުށަހެޅުން ކޮމެޓީން ފާސްކޮށްފައިވަނީ ވެސް އެ ކޮމެޓީގެ 10 ވަނަ ބައްދަލުވުމުން 13 އޭޕްރީލް 2022 ގައި އެ ކޮމެޓީގެ މުގައްރިރުކަމުގައި ހުންނެވި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކޮމެޓީއަށް ހުށަހެޅުއްވި ހުށާހެޅުމާއި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހެޅުއްވި ލިޔުންތައް ކޮމެޓީން ދިރާސާކުރުމަށްފަހު ކޮމެޓީގެ އަޣުލަބިއްޔަތުން ނިމުނުގޮތަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް