އައްޑޫ މީހަކު ގެއްލިގެން ހޯދަމުން އަންނަތާ 15 ދުވަސް

Loading

Facebook
Twitter
WhatsApp

އައްޑޫ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހޯދަމުން އަންނަނީ ‏ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ) އެވެ.

ފުލުހުން ވިދާޅުވީ އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން އާއިލާއަށް ޚަބަރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

’އަލީ އާރިފް ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީ، އަލީ  އާރިފް ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަަމުން. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން އާރިފް ހޯދިފައެއް ނުވޭ.“

‏އަލީ އާރިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވައިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް