އަޒްލީނާ ގާތިލް މަރުވެފައި އޮއްވާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު ގއ.މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސްގެ ޤާތިލު ޢަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ޒުހައިރު ފެނުނީ އޭނާ ދިރިއުޅެމުން އަންނަ ކ.ދިއްފުށީގެ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި މަރުވެފައި އޮއްވައެވެ. އެއީ މިއަދު 11:30 ހާއިރުއެވެ.

އޭނާގެ މަރާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

ހދ.ކުޅުދުށްފުށްޓަށް ނިސްބަތްވާ ޒުހައިރު މައްޗަށް އަޒްލީނާ މަރައިލުމުގެ ކުށް ސާބިތުވެ 25 އަަހަރަށް އޭނާ ޖަލަށްލުމަށް ހުކުމްކުރީ 2002 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ 11 އަހަރު ފަހުން 2014 ވަނަ އަހަރު އޭނާ މިނިވަން ކުރިއެވެ.

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ފާހާނާ ތެރޭގައި އަޒްލީނާ މަރާލައިފައި އޮއްވާ ފެނުނީ 2001 ވަނަ އަހަރުގެ އޭޕްރީލް ފަސްވަނަ ދުވަހުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް