ރަށުތެރޭގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަނީ

ހެލްމެޓް އެޅުން ލާޒިމް ކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ. ފުލުހުން މި އޮޕަރޭޝަން ފަށަން ނިންމީ މާލޭ ސަރަހައްދުކުގައި ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވުމާ ގުޅިގެންނެވެ. ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމްކޮށްފައިނުވާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށްގެން ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން […]
ރައީސް ޞާލިޙަކީ 2023 އަށް އެމްޑީޕީއަށް ޗޮއިސްއެއް ނޫން: ވައްޑެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްގެ ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކެވީ ކޯލިޝަން ދެމި އޮންނާނީ އެމަނިކުފާނާއެކު ކަމުގެ ވާހަކަ ކަމަށާއި ނަމަވެސް ކޯލިޝަން ނުހިފެހެއްޓެވުނު ތަނުގައި އެމްޑީޕީ ވެސް އެއްބައެއް ގޮތުގައި ނުހިފެހެއްޓެވުނުކަން މިހާރު އެންމެނަށް ވެސް ސާފުވެފައިވާ ކަމަށެވެ. އެ ގޮތުން ބަލާއިރު ރައީސް ޞާލިޙަކީ އެމްޑީޕީއަށް […]
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް 15 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލްމަހުގެ 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީސީން މިއަދު ނިންމާފައިވާ ކަމަށެވެ. “ފޯމު ބަލައިގަތުން މާދަމާ އިން ފެށިގެން.“ ޙަބީބް ވިދާޅުވިއެވެ. ފޯމު ހުށަހެޅުމަށް އޮންނަ މުއްދަތަކީ ހުޅުވައިލާ ތާރީޚުން ފެށިގެން 14 ދުވަހުގެތެރޭގައެވެ. […]
ބަނގުރާ ގެންގުޅެ ވިޔަފާރިކުރުން: ކޯޓަށް ނުގެންގޮސް މެންބަރު ފަލާހުގެ ދަރިފުޅު ދޫކޮށްލައިފި

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އިތުރު ބަޔަކާއެކު ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙްގެ ދަރިފުޅު އަޙްމަދު ޠައިބާން މުޙައްމަދު ކޯޓަށް ހާޒިރުނުކޮށް ފުލުހުން އޭނާ ބަންދުން ދޫކޮށްލައިފިއެވެ. ޠައިބާންއާއި ރައްޔާން އާތިފް ކިޔާ ދިވެއްސަކާއި ބަންގްލަދޭޝްގެ ޑިޑަރ އަލަމް ބުއިޔަން ކިޔާ މީހަކު ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހުގެރޭގައެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން މި މަހުގެ 21 ވަނަ ދުވަހު […]
މައުމޫނުގެ އެމްއާރްއެމް 3,000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓަށް

ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެންޖެހޭ ކަމަށް ގާނޫނުގައި ބުނާ އަދަަދަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި މެންބަރުން ހަމަނުވާތީ އިލެކްޝަން ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް ތިން މަސް ދުވަހުގެ ނޯޓިސް ދީފިއެވެ. ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް އެ ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެއެވެ. އެ އަދަދަށް މެންބަރުން ހަމަނުވާތީ އިލެކްޝަން ކޮމިޝަނުން އެމްއާރްއެމްއަށް ތިން މަސް ދުވަހުގެ ނޯޓިސްދިނީ މިދިޔަ ބުދަ ދުވަހުގައެވެ. އީސީން އެންމެ ފަހުން އާންމުކުރި […]
ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރައްވާނެކަމުގެ އިންޒާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން ބޭނުންވާ އަދަދަށް މެންބަރުން […]
ސިޔާމްގެ އެމްޑީއޭގެ ތާއީދު ރައީސް ޞާލިޙަށް

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް, ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަން އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ނިންމެވުން އަނބުރާ ގެންދެވިކަން ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. އެ ޕާޓީން އެ ދުވަހު ނިންމީ އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށެވެ. އެއާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕީއެމްއިން އެމްޑީއޭއާއެކު […]
ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޞާލިޙާ ކުރާނެ މަޝްވަރާއެއް ނެތް: ނަޝީދު

އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމުގައި ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ރައްދުދެއްވައި އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައެވެ. ނަޝީދުގެ ފުރަތަމަ ޓްވީޓުގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީއާ ކުރައްވާނެ މަޝްވަރާއެއް ނެތް […]
ސިޔާމްގެ އެމްޑީއޭއާއެކު ކޯލިޝަން ހެދުމަށް ޕީޕީއެމްއިން ހުށަހަޅައިިފި

އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަން އެލަޔަންސް (އެމްޑީއޭ) އަށް ދައުވަތުދީފިއެވެ. އެމްޑީއޭއާ ކޯލިޝަން ހަދަން އިދިކޮޅު ކޯލިޝަނުން ހުށަހެޅީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ އިރުޝާދުގެ ދަށުންނެވެ. ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ހެނދުނު ސިޓީއެއް ފޮނުވާފައިވާ ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ. އެ ގޮތުން އެމްޑީއޭއިން ވަނީ މިއަދު ހަވީރު އިދިކޮޅު ކޯލިޝަނާ ބައްދަލުކުރަން ނިންމާފައެވެ. އެ […]
ރިޒާ އަވަހާރަވުމަކީ ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމަކީ އިދިކޮލޫ ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. ރިޒާ އަވަހާރަވުމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ޕާޓީގެ ގެ ސެނެޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އޮނަރަބަލް އިބްރާހީމް ރިޒާ އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހައި މެންބަރުން އެހީ ވަރަށް ވެސް ފުން ހިތާމައާއި އަސަރާއެކު ކަމަށެވެ. […]