މައުމޫނުގެ އެމްއާރްއެމް 3,000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓަށް 

Loading

Facebook
Twitter
WhatsApp

ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެންޖެހޭ ކަމަށް ގާނޫނުގައި ބުނާ އަދަަދަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި މެންބަރުން ހަމަނުވާތީ އިލެކްޝަން ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް ތިން މަސް ދުވަހުގެ ނޯޓިސް ދީފިއެވެ.

ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް އެ ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެއެވެ.

އެ އަދަދަށް މެންބަރުން ހަމަނުވާތީ އިލެކްޝަން ކޮމިޝަނުން އެމްއާރްއެމްއަށް ތިން މަސް ދުވަހުގެ ނޯޓިސްދިނީ މިދިޔަ ބުދަ ދުވަހުގައެވެ.

އީސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން އެމްއާރްއެމްގައި ތިބީ 2981 މެންބަރުންނެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި ތިންވަނަ ޕާޓީއެވެ. 

އެމްއެލްއެސްޑީޕީއާއި ޑީއާރްޕީގައި ވެސް 3000 މެންބަރުން ހަމައެއް ނުވެއެވެ. އެހެންވެ އީސީން ވަނީ އެ ދެ ޕާޓީ އުވައިލަން ނިންމައިފިއެވެ.

ފޮޓޯ: ރާއްޖެ ޓީވީ

Loading

2 Responses

  1. ދެން ރަނގަޅުވާނީ ފާރިޝް ރައީސްކަމަށް ވާދަކުރާއިރު ނަސްރީނާ ދައްތަ އޭނާގެ ރަނިންމޭޓްކަށް މރމ އިން ނެރުނީމައެވެ. ހަމަ ސާބަސްފުލެވެ! ޔާމީނާ އޮތް ޙަސަދަޔަކާއި ހެދި ދެފައި އެއްތާނުޖެހިގެން މި ޢުމުރުގައި އުޅުއްވަން ހެޔޮނުވާނެނޫންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް