ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޞާލިޙާ ކުރާނެ މަޝްވަރާއެއް ނެތް: ނަޝީދު

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމުގައި ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ރައްދުދެއްވައި އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައެވެ.

ނަޝީދުގެ ފުރަތަމަ ޓްވީޓުގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީއާ ކުރައްވާނެ މަޝްވަރާއެއް ނެތް ކަމަށެވެ.

އޭގެ ދޮޅުގަޑިއިރު ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއާ ކުރައްވާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވެވުނީ ގޯހަކުން ކަމަށެވެ.

“ރާއްޖެއަށް އަދި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރާން ޖެހޭނެ. އެހެނަސް އެއީ ރައީސް ޞާލިޙާއެކު ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ނުފެނޭ.“

ފައްޔާޟް އިއްޔެ ވިދާޅުވީ އިންތިޚާބަށްދާއިރު ޕާޓީގެ މެންބަރުން ެއެއްކޮށް ތިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަމާ ނަޝީދާ ވާހަކަ ދައްކަވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

Loading

One Response

  1. ގާސިމް ޝަކުވާ ކުރަން ނުޖެހޭނެއޭ މިފަހަރު ޕީޕީއެމް އިން މިފަހަރު ގާސިމް އާއި ގުޅޭނެ ކަން ޔަގީނޭ މަމެންގެ ރަމަލު ތަކުން ދައްކައޭ ގާސިމް އާއި ޕީޕީއެމް ގުޅޭނެ ކަމަށް ޕީޕީއެމް އިން ރައީސް ޔާމީން ވާދަ ނުކުރާނަމަ ބަނޑުއަކިރި އަކަށް ރިޔާސީ ކެންޑިޑޭޓް ކަން ދޭން ނުޖެހޭނެއޭ ގައްސާން މައުމޫނު މެން ނަށް ނުޖެހޭނެއޭ ކެންޑިޑެސީ ދޭން އަދި ޑރ. ވަހީދަށް ވެސް ނުޖެހެއޭ ދޭން އަދި މުއިއްޒު އަށް ވެސް ނުޖެހެއޭ ދޭން މީ ސީދާ ފެއިލް ވެފައިވާ މީހުންނޭ ގާސިމް އަށޭ މިފަހަރު ހުރިހާ ފުރުސަތެއް އޮންނާނީ މަމެން ދިރާސާ ކޮށްފައޭ މިބުނަނީ ހިނގާ މަމެންނާއި އެކު ދާން ގާސިމް ހޮވަން މަމެން ނުވާނަމޭ ވަރުބަލި ގާސިމް ރާއްޖޭގެ ތަޚްތުގައި ބައިންދާފައި ނޫނީ ހިފާ ނަގަން ބުންވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިމާޔަތާއި ނަސްރާއި ކަލާންގެ ދެއްވާންދޭންވެ ހިނގާ ބަހީ އާދޭ އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް