ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް 15 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލްމަހުގެ 15 ވާ  ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީސީން މިއަދު ނިންމާފައިވާ ކަމަށެވެ.

“ފޯމު ބަލައިގަތުން މާދަމާ އިން ފެށިގެން.“ ޙަބީބް ވިދާޅުވިއެވެ.

ފޯމު ހުށަހެޅުމަށް އޮންނަ މުއްދަތަކީ ހުޅުވައިލާ ތާރީޚުން ފެށިގެން 14 ދުވަހުގެތެރޭގައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހިމް ރިޟާ އަވަހާރަވުމާ ގުޅިގެންނެވެ.  ރިޟާ އަވަހާެރަވީ މެލޭޝިޔާގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މި މަހުގެ 23 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިންވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދެވި ރިޟާއަކީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. 

Loading

One Response

  1. Mihaathanah faahaga kurevifaivanee iburaahimu sarukaarugai majileehuge Bai electionaheh baavanjehumakee edhaairaage rayyithunnah libey kurierymeh kamah. Eyge massalakaee iburaahimu qaanoonaa khilaafu kanthah thakeh koh dhaulathuge mudhalaa Faisa beynunkoh vote gannaatheee. Adhi mi qaannonaa khilaafu Amalu hingaakan engeyiruves ehvesidhaaraa akun ekan nublaathee

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް