ރައީސް ޞާލިޙަކީ 2023 އަށް އެމްޑީޕީއަށް ޗޮއިސްއެއް ނޫން: ވައްޑެ

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްގެ ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކެވީ ކޯލިޝަން ދެމި އޮންނާނީ އެމަނިކުފާނާއެކު ކަމުގެ ވާހަކަ ކަމަށާއި ނަމަވެސް ކޯލިޝަން ނުހިފެހެއްޓެވުނު ތަނުގައި އެމްޑީޕީ ވެސް އެއްބައެއް ގޮތުގައި ނުހިފެހެއްޓެވުނުކަން މިހާރު އެންމެނަށް ވެސް ސާފުވެފައިވާ ކަމަށެވެ.

އެ ގޮތުން ބަލާއިރު ރައީސް ޞާލިޙަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫންކަން އެނގޭކަމަށް ވައްޑެ ވިދާޅުވިއެވެ.

“ރ.ސޯލިހަކީ 2023 އަށް އެމްޑީޕީއަށް ޗޮއިސްއެއް ނޫން.“ ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިހެން ވިދާޅުވެފައިވާއިރު, ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްއިން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލަށް ލަފާދިނުމަށް ފާސްކޮށްފައެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްގެ ވިސްނުން ހުރީ ވެސް ވަކިން އިންތިޚާބަށް ނުކުންނަ ގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް