ދީނާއި މިނިވަންކަން ހިމާޔަތްކުރަން ކަމަށް ބުނެ ރައީސް ޞާލިޙަށް ތާއީދުކުރަން ޢަދާލަތުން ނިންމައިފި

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް ނިންމާފައިވާ ކަަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ. ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން އެ މަނިކުފާނަށް ތާއީދުކޮށް ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާއަށް ރައީސް ޞާލިޙް ދައުވަތު އަރުވާފައިވާތީ އެކަމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު ޢަދާލަތުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ. އެމްޑީޕީއާއެކު […]
މާލޭގައި ހަށިވިއްކާ ގުރޫޕެއް ހައްޔަރުކޮށްފި

ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުން ރޭ ހިންގި އޮޮޕަރޭޝަނެއްގައެވެ. “މާލޭގައި ރޭ ހިންގި އޮޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކޮށް 4 މީހުން ވަނީ ހައްޔަރުކޮށްފައި.“ ފުލުހުން ދެންމެއަކު ވިދާޅުވިއެވެ. މި މައްސަލައިގައޮ ހައްޔަރުކުރީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ. މި ހަތަރު މީހުންގެ […]
ފުލެޓާއި ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ކޮމިޓީއެއް, ޗެއާއަކަށް އަކްރަމް

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފުލެޓާއި ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަވައިފިއެވެ. ޕްލޭނިންގ މިނިސްޓްރީން މިއަދު ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާނީ “ގެދޮރުވެރިންގެ ކޮމިޓީ“ އިން ކަމަށެވެ. އެ ކޮމިޓީގެ ޗެއާޕާސަންއަކީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޯ-ޗެއަޕާސަންއަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް […]
އަވަސް އަރުވާލައިގެން ރައީސް ޔާމީނަށް ޙުކުމް ޖެހުމަށް ސަރުކާރުން ދަނީ ޖުޑީޝަރީއަށް އަތް ބާނަމުން: އިދިކޮޅު

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް ދައުވާ އުފުލައި, އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތް ބާނައި ސަރުކާރުން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ތުހުމަތުކޮށްފިއެވެ. އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤުތައް ނިގުޅައިގަނެ, އެ މަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން […]
ކޯލިޝަނެއް ހެދޭނީ ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ “އުރައްޕެއް“ ހުރެގެން: ވައްޑެ

ކޯލިޝަނެއް އުފައްދަން ބަޔަކު އެއްބަސް ކުރުވޭނީ ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ “އުރައްޕެއް“ ހުރެގެން ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައެވެ. ނަމަވެސް ނަޝީދު ވަނީ ބަލި ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން އިހުނަށްވުރެ ބޮޑަށް އެމްޑީޕީތެރޭގައި […]
ރައީސް ޔާމީން 11 އަހަރަށް ޖަލަށްލި މައްސަލަ އިސްތިއުނާފުކޮށްފި

ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފިއެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ދަޢުވާ ސާބިތުވާ ކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު […]
އެމްއެމްޕީއާރްސީ ޚިޔާނާތް: ޒިޔަތުގެ ބޮޑުބޭބެއަށް ލިބުނު 37 މިލިއަން ރުފިޔާ ހޯދަން އަންގައިފި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގައި ހިމެނޭ މީހެއްގެ އަތުން 37.9 މިލިއަން ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީއަށް އަންގަވައިފިއެވެ. އޭސީސީއިން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިި ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި ހ.ސްނޫޕީ/ކ.މާލެ, ޢަބްދުﷲ ޢާޞިމަށް ލިބުނު 2,460,000.00 އެމެރިކާ ޑޮލަރު (37,933,200 ރުފިޔާ) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި މި މަހުގެ 14 ވަނަ ދުވަހު އެމްއެމްޕީއާރްސީއަށް އަންގާފައިވާ […]
ބިންތައް “ތިޔަހެނެއް ނުވިއްކޭނެ“ ކަމަށް ބުނެ އިދިކޮޅުން ހުކުރު ދުވަހު މަގުތަކަށް ނުކުންނަނީ

ތިލަފުށިން ސިނާޢީ ބޭނުމަށް ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހު “ތިޔަހެނެއް ނުވިއްކޭނެ“ މި ނަމުގައި އިހުތިޖާޖު ކުރަން ނިންމައިފިއެވެ. ޤާނޫނާ ޚިލާފަށް ރާއްޖެއިން ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ މި އިހުތިޖާޖު ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހުއެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ތިލަފުށީގެ ބިން […]
ޒިޔަދަމްގެ މަރު: ހުރިހާ ވާރިސުން އެދެނީ މަރަށް މަރު

ލ.މުންޑޫ/ނޫވިލު, ޢަލީ ޒިޔަދަމްގެ ގާތިލަށް މަރުގެ އަދަބު ދިނުމަށް އޭނާގެ ހުރިހާ ވާރިސުން މިއަދު ޝަރީޢަތުގެ މަޖިލީހުގައި އެދިއްޖެއެވެ. 2015 ވަނަ އަހަރު މާޗުމަހުގެ 20 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް މަސް ކަނޑަން ބޭނުންކުރާ ވަޅިއަކުން ޒިޔަދަމަށް ހަމަލާދިން މައްސަލައިގައި ދެ މީހަކަށް ދަޢުވާ އުފުލިއެވެ. ދަޢުވާ އުފުލީ މުންޑޫ/ބީޗުވިލާ ޢަލީ ސިފާމްއާއި, އެ ރަށު ހީނާވިލާ މުޙައްމަދު ޝަނޫންގެ މައްޗަށެވެ. ޝަނޫންގެ މައްޗަށް ވަނީ ގަސްދުގައި ޒިޔަދަމް […]
ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ނުފެށި ލަސްވާތީ އިހުތިޖާޖުކޮށްފި

ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ނުފެށި ލަސްވާތީ އެ ސްކޫލުގެ ބެލެނިވެރިން މިއަދު އިހުތިޖާޖުކޮށްފިއެވެ. ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ 2021 ވަނަ އަހަރު ޑިސެމްބަރުމަހުއެވެ. އެ ޢިމާރާތް ހަދަން ނިންމީ ބާޖަމާލުއްދީނު ހުރި ބިމުގައެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ މި އަހަރު އެ ޢިމާރާތް ނިމޭނެ ކަމަށެވެ. ނަމަވެސް އަދިވެސް އެ ސްކޫލުގެ ބިންގާ ވެސް އަޅާފައެއް ނުވެއެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ޢަރަބިއްޔާ ބެލެނިވެރިންނާއި […]