މާޗު މަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

އަންނަ މާޗު މަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ. އައިލެންޑް އޭވިއޭޝަންގެ އަހަރީ ސްޓާފް ނައިޓްގައި އެކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދެވެ. ރޭ ބޭއްވި ހަފުލާގައި ދެއްކެވި ވާހަކައިގައި މިހާދު ވިދާޅުވީ އަންނަ މާޗު މަހުން ފެށިގެން ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެ ބަދަލާއެކު މުވައްޒަފުން ޕެންޝަން ފަންޑުގައި ރައްކާކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް މިހާދު ވިދާޅުވިއެވެ. “މުވައްޒަފުންގެ ޓިކެޓަށް […]
ނާޒިމުގެ ނިޔަތް ސާފުވާނީ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ގޮވައިލުމުން: ޠާރިޤް

ރިޔާސީ އިންތިޚާބު ގާތްވެފައިވާއިރު, އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޖަލުގައި އޮންނެވުން ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ދެއްކެވި ވާހަކައާ ގުޅިގެން އޭނާގެ ނިޔަތާމެދު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ސުވާލު އުފައްދަވައިފިއެވެ. އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޖަލުގައި އޮންނެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނަށް […]
ތުރުކީއާއި ސޫރިޔާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިފި

ިތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ދީނީ ޢިލްމުވެރިންނާއި, މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ”އެއް އުންމަތެކޭ މިއީ“ ކެމްޕޭނުގެ ދަށުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިފިއެވެ. ”އެއް އުންމަތެކޭ މިއީ“ ކެމްޕޭނުގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިންގަވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ) އާއި ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ކެމްޕޭނުގެ މިއަދު ރާއްޖޭގެ […]
ރައީސް ޔާމީން ޖަލުގަ ބާއްވައިގެން ނުވާނެ, އިންސާފު ލިބެންޖެހޭނެ: ނާޒިމް

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އޮންނެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނަށް އިންސާފު ލިބެންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. “ރައްޔިތުންގެ އުދާސްގެ ނަމުގައި އެމްއެންޕީން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރިޔާާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އޮންނެވުން ކަމަށެވެ. […]
ގާޒީ ޙަސަން ސަޢީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވިއިރު ޤާނޫނާ ޚިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވާ ގޮތަށް އަމަލުކުރެއްވި މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި ޙަސަން ސަޢީދު ސަސްޕެންޑްކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތިން އިންތިޒާމުތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން ގާޒީ ޙަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް ލަފާދެއްވާފައިވާ ކަމަށާއި, ނަމަވެސް އެ ކޯޓަށް ހުށަހެޅޭ […]
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގައި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ޗާންދަނީ މަގުގައި ހުންނަ “ރެޑްބީ“ ފިހާރައިގައި ކަމަށެވެ. އެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 09:30 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާދިސާއާބެހޭ އިތުރު މަޢުލޫމާތެއް އަދި ސާފެއް ނުވެއެވެ. މާލޭގައި މީގެ […]
ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ ފިލާވަޅަކީ ޤައުމަށް އިޚްލާސްތެރިވުންކަމަށް ރައީސް ވިދާޅުވެއްޖެ

އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ އެންމެ ފުރަތަމަ ފިލާވަޅަކީ ޤައުމަށް އިޚްލާސްތެރިވުމާއި ތެދުވެރިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް 1 ގައި ހެދި ސަރުކާރު އޮފީސް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ އެންމެ ފުރަތަމަ ފިލާވަޅަކީ ޤައުމަށްޓަކައި އިޚްލާޞްތެރިވުމާއި ތެދުވެރިވުން ކަމަށާއި, އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުން ފެންނަނީ ވަޒީފާތަކެއް އަދާކުރުމުގެ ނުވަތަ މަޤާމުތަކެއް ފުރުއްވުމުގެ ގޮތުގައެއް ނޫން […]
ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވައިލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ޝަރީފްގެ މައްސަލައިގައި ވިދާޅުވީ ދިރިހުރުމުގެ ޙައްޤަކީ އިސްލާމްދީނާއި ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. ނަމަވެސް ވީނުވީއެއް ނޭނގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް […]
ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހަކު ފުލުހަށް, ތަކެތި ނަގައި ނިމުމުން މިފަހަރު ވެސް ވަގުތުން ފޮނުވައިލާނެބާ!

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޯލްޑިވްސް އިމިގުރޭޝަނާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ލެޓިވިއާގެ 49 އަހަރުގެ ފިރިހެނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. “އެ ގޮތުން ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން.“ ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނަގަން އޭނާ ހައްޔަރުކޮށްފައިވާއިރު, […]
ޤާނޫނުއަސާސީގެ ބާރުކަނޑުވާލައިގެން ބަޔަކު އެބަ އުޅޭ: ޤާސިމް

ކޮންމެވެސް ބަޔަކު ޤާނޫނުއަސާސީގެ ބާރުކަނޑުވާލައިފި ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް އަލަށް އެކުލަވައިލި ގަވާއިދު އިސްލާހުކުރަން ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޤާސިމް މިއަދު ވިދާޅުވީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް އެއްވެސް ގަވާއިދެއް ނެހެދޭނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ގަވާއިދެއް ނުހެދޭ ތަނުގައި އޭގެއިތުރުން ކުރާ ޢަމުރަކަށް […]