ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހަކު ފުލުހަށް, ތަކެތި ނަގައި ނިމުމުން މިފަހަރު ވެސް ވަގުތުން ފޮނުވައިލާނެބާ!

Loading

Facebook
Twitter
WhatsApp

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޯލްޑިވްސް އިމިގުރޭޝަނާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ލެޓިވިއާގެ 49 އަހަރުގެ ފިރިހެނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

“އެ ގޮތުން ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން.“

ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނަގަން އޭނާ ހައްޔަރުކޮށްފައިވާއިރު, އެ ތަކެތި ނެގުމުން އޭނާ ވަގުުތުން ޤައުމަށް ފޮނުވައިލާނެތޯ މިއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ މި މަހުގެ  ހަވަނަ ދުވަހު ރާއްޖެއަށް އެތެރެކުރި 2.5 ކިލޯގެ “ކޮކެއިން“ އަތުލައިގަތުމަށްފަހު, އެ ތަކެތި ގެނައި އަންހެން މީހާ ވަގުތުން އަނބުރާ ފޮނުވައިލުމެވެ.

އޭނާ ފޮނުވައިލީ ”ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު“ ގައިވާ ގޮތުގެ މަތިންކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

Loading

One Response

  1. ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމާއި އަންނި އާއި އުމަރު ގުޅެމާ ހިނގާ ގެންނަމާ ޕްރޯ އުގައިލް ވެސް ހިނގާ އެކުވެރިވަމާ އެންމެން ހިނގާށެ ނަލަ ކުރަމާ މިވަތަންގެ އެންމެ ކަތުންގެ ކުރިމަގު އެއިން ކޮންމެ މީހަކަށް މާލެ ސަރަހައްދުން 10 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދީގެން ހިނގާ ރުވަން ފެންދީ އެމެންގެ ކުރިމަގު ހިނގާ އުޖާލާ ކުރަމާ މިއުދަރެހާއި މިފަލަކު ހިނގާ ނަފާ ހޯދަން މިވަތަންގައި ވިޔާފާރި ކޮށްގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ހޮވަން އެންމެން ގާސިމް އިބްރާހިމް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް