ޑްރަގް ޓްރެފިކްކުރާ ބިދޭސީން ފޮނުވައިލާ މައްސަލައާ ދެކޮޅަށް އެމްޑީޕީގެ ވިޕެއް

ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީންނަށް އެއްވެސް އަދަބެއް ނުދީ ވަގުތުން އަނބުރާ ފޮނުވައިލެވޭ ގޮތަށް ގަވާއިދުގައި އޮތް މާއްދާ އުވައިލަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވިޕެއް ނެރުނު ނަމަވެސް އެ މައްސަލަ  މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފިއެވެ. މި މަހުގެ 6 ވަނަ ދުވަހު ރާއްޖެއަށް 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކުރި އަންހެނަކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން ވަނީ އޭނާ އަނބުރާ ފޮނުވާލައިފައެވެ. އޭނާ […]

ޤައުމީ ދިދައިގެ މައްޗަށް އިންޑިއާ ދިދަ ނަގާކަށް ފުރުސަތެއް ނުދޭނަން: އަދުރޭ

މި ޤައުމަކު އިންޑިއާގެ ބާރެއް ނުހިންގޭނެ ކަމަށާއި ޤައުމީ ދިދައިގެ މައްޗަށް އިންޑިއާ ދިދަ ނަގާކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި އެއްވުމުގައި އަދުރޭ ވިދާޅުވީ އިންޑިއާ މީހުންނަކީ ފެށުނީއްސުރެ މި ރާއްޖޭގެ ވެރިކަމާ ތޮޅެން ދަހިވެތިވެފައި ތިބި ބައެއް ކަމަށެވެ. “ކަންނަންނޫރެއް އަލީ ރާޖާއެއް މޯދީއެއް އެހެން އެއްޗެއް ކިޔާނެ ކަމެއް […]

ރައީސް ޔާމީން “އަންނަނީ އަންނަނީ“ : އަދުރޭ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް, ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންވެވަޑައިގަންނަވައި އަލުން ވެރިކަމަށް “އަންނަނީ އަންނަނީ“ ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވަރަށް ފޯރީގައި ވާހަކަ ދައްކަވައިފިއެވެ. ޕީޕީއެމް އޮފީސް ސަރަހައްދުގައި ރޭ ބޭއްވި އެއްވުމުގައި އަދުރޭ ވިދާޅުވީ ތަންމިނަން ހުޅުވާލައިފައި އޮތީ ޑިމޮކްރަސީއެއް ނޫން ކަމަށާއި އެހެން އެއްޗެއް ކަމަށެވެ.  “މިނިވަންކަން އޮތީ މުޒާހަރާ ކުރާކަށް ނޫން. މި ރާއްޖޭގަ މިނިވަންކަން އޮތީ މަސްތުވާތަކެއްޗަށް. މި ރާއްޖޭގަ މިނިވަންކަން އޮތީ […]

ލިޓަންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފި

ވ.އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ. ފުލުހުން މިއަދު ވިދާޅުވީ މިދިޔަ ޖެނުއަރީ 2 ގައި ފެނުނު ހަށިގަނޑުން ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ. ވ.އަތޮޅު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނުނީ ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އޭރު ގެއްލިގެން […]

ޑްރަގް އެތެރެކުރާ ބިދޭސީން ވަގުތުން ފޮނުވައިލެވޭ ގޮތަށް އޮތް މާއްދާ އުވައިލަން ގޮވާލައި މައްސަލައެއް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ވަގުތުން އަނބުރާ ފޮނުވައިލެވޭ ގޮތަށް އެކުލަވާލައިފައިވާ މާއްދާ އުވައިލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އެމްޑީޕީގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެއް ސިޔާސަތަކީ ”މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުން ކަމަށެވެ. އެ ގޮތުން ދިވެހި ޒުވާން ޖީލު މަސްތުވާތަކެތީގެ ޝިކާރައަށްވެ, އެ ޖީލު ހަލާކުވެ ނެތިދިއުމުން ސަލާމަތް ކުރަން މަސައްކަތް […]

ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅައިލި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި ހުޅުމާލޭ ފޭސް ދެއެއްގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅައިލި މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގީ އިއްޔެގެ ވަގުތެެއްގައެވެ. ފުލުހުން މިއަދު ވިދާޅުވީ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ގާބުރިއެއް އެއްލުމުން ކަމަށެވެ. އަދި ގާބުރި އެއްލި ވަގުތު ސްޓޭޝަނުގައި ހުރި ފުލުހަކަށް އަނިޔާވި ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ޢުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް […]

ނިހާނުގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ. ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރުކަން ކުރެއްވި ނިހާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 09:00 ގައެވެ. ނިހާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް: ރިޝްވަތު ހިފުމުގެ ކުށުގެ 3 ދަޢުވާ. މަނީ ލޯންޑްރިންގެ ކުށުގެ 1 ދަޢުވާ. ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ […]

ކުޑަގިރީގައި މަސްތުވުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރަން ޚާއްސަ ދެ ތަން ހުންނާނެ: ރައީސް

މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްޤީކުރި ކުޑަގިރީގައި މަސްތުވުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރަން ޚާއްސަ ދެ ތަން ހުންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ކުޑަގިރި ރަސްމީކޮށް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުޑަގިރި ހުޅުވަން ތައްޔާރުވަމުން އައިއިރުގައި ތަފާތު އެތައް މެސެޖުތަކެއް އެ މަނިކުފާނަށް ވެސް  ލިބެމުންދިޔަ ކަމަށެވެ.   “އަޅުގަނޑަށް އައި އެއް ސުވާލަކީ ކީއްވެގެންހޭ މުޅި މި ރަށް ”ނޯ ސްމޯކިންގ“ ރަށަކަށް ނުހެދީ. ތެދުފުޅެއް. އެއީވެސް […]

ހުރިހައި ދިމާއަކުން ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރު: ޢަލީ ޙުސައިން

ހުރިހައި ދިމާއަކުން ވެސް ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޢަލީ ޙުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ފެށިގެން ކަނޑުއަޑީގެ ޗާޓަށް ބެލުމުން ވެސް ފެންނަނީ އެ މަންޒަރު ކަމަށާއި އުތުރު ތިލަފަޅެއް ހަނިމާދުއެއް ކިޔާނެ ކަމެއް ނެތް ކަމަށެވެ. “ހުރިހައި ދިމާއަކުން ވެސް ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރު.“ ޢަލީ […]

ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތައް ވިއްކުމަކީ ބޮޑު ނުރައްކަލެއް: ޝުޖާއު

ސިނާޢީ ބޭނުމަށް ތިލަފުށިން ބޭރު މީހުންނަށް ބިން ދޫކުރުމަށް ހުޅުވައިލުމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތައް ވިއްކުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި, ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ބިން ވިއްކުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ކަމެއް ކަމަށެވެ. ދިވެހިންގެ މަސްކަނޑު ވިއްކާލައިފިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ސަރުކާރުން އެންމެ ފަހުން މި ފެށީ ބިންކޮޅު ވިއްކަން ކަމަށެވެ. “އަސާސީއާއި […]