“ހެދިހުރި އިންސާނާއަށް“ ޤައުމުގެ ހާލަތު އެނގިވަޑައިގަތީ ކިހާވަރަކަށް

ފެބްރުއަރީ ހަވަނަ ދުވަހުގެ ގަޑިން ހެނދުނު 09:00 ޖަހަނީއެވެ. ސޫޓު ތުރުކުރައްވައި, ބޫޓަށް އަރުއްވައި, ދެން ހުރި އެއްޗެއް ވެސް ތުރުކުރައްވައިގެން ނިޔަނެތި ގޮތް ދައްކަވަމުން ރަތް ދޫލައިގެ މަތިން ހިންގަވާފައި ވަޑައިގެން, “ހެދިހުރި އިންސާނާ“ އެ ވަދެވަޑައިގަތީ ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށެވެ. ފަސްވަނަ ފަހަރަށް ޙުޠުބަތުލްޢަރްޝި އިއްވެވުމަށެވެ. ހެދިހުރި އިންސާނާގެ “ނުފޮރުއްޕާނާ“ ހެދި ކުރިމަތިވެފައިވާ “ދުއްޕާނު“ ގެ ސަބަބުން އުފެދުނު ހައިޖާނަކަށްފަހު, ޙުޠުބަތުލްޢަރްޝި އިއްވަވަން ފެށްޓެވިއިރު ގަޑިން 9:40 ވީއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ […]
ގަން އެއާޕޯޓުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއަށް

ސ.ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފިއެވެ. އައްޑޫ އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އަޒާން އަޙްމަދު ވިދާޅުވީ ގަން އެއާޕޯޓުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މީގެ ދެތިން ހަފުތާކުރިން ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވި ގޮތުން މި މަޝްރޫޢުގެ ދަށުން އެންމެ މުހިންމު ކަމަކަށް […]
ކުރިން ބުނި ތާރީޚަށް އަމީނީމަގު ހެދުމުގެ މަސައްކަތް ނުނިމޭނެ ކަމަށް އަސްލަމް ވިދާޅުވެއްޖެ

އަމީނީމަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މީގެ ކުރިން ބުނި ތާރީޚަށް ނުނިމޭނެކަން ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. އަސްލަމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޙަސަން ލަޠީފް ސުވާލުކުރެެއްވީ އަމީނީމަގުގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރައްވާ ތާރީޚަކީ ކޮބައިތޯއެވެ. އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ ޖުލައިމަހުގެ ތިންވަނަ […]
އާސަންދައަށް ކުރި ޚަރަދު 4 ގުނަ އިތުރުވީ ޕްރައިމަރީއާ ގުޅިގެންތޯ ނަޝީދު ސުވާލު އުފައްދަވައިފި

މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އާސަންދައަށް ކުރި ޚަރަދުތައް ހަތަރު ގުނަ އިތުރުވެފައިވަނީ އެތެރޭގެ އިންތިޚާބަކާ ގުޅިގެންތޯ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ސުވާލު އުފައްދަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ ޖެނުއަރީ މަހުގައި އާސަންދައަށް ޚަރަދު ކުރިވަރު ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި […]
ބިދޭސީންނަށް 99 އަހަރަށް ބިން ދޭން ނިންމި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ސިނާޢީ ބޭނުމަށް ކ.ތިލަފުށިން ބިން ވިއްކަން ނިންމާފައިވާއިރު, ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށްދޭން ނިންމާފައިވާތީ އެކަން ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ. ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވީ މާލެ ސަރަހައްދުގައި ދިވެހި ވިޔަފާރިވެރިންނަށް […]
ނަރީޝް ހައްޔަރުކުރީ އޭނާގެ އަޑުކަނޑުވައިލަން, އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް: ސިޓީ ކައުންސިލް

އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހައްޔަރު ކުރުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގެ ތެރެއިން, ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި, ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް […]
ރިޔާސީ ބަޔާން އިއްވެވުން: މުޒާހަރާއާއި, އަނިޔާ

ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވަވައިފިއެވެ. ނަމަވެސް ބަޔާން އިއްވެވޭ ވަރުވީ ޖަލްސާ މެދުކަނޑައިލުމަށްފަހު ދެވަނަ ފަހަރަށް އަލުން ފަށައިގެންނެވެ. އެއީ ރައީސްގެ ރިޔާސީ ބަޔާން އިއްވަވަމުންދިޔަ ވަގުތު އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން އަޑުގަދަ ކުރެއްވުމުން ނަން އިއްވައި ތަޅުމުން ބޭރަށް ނެރެން ޖެހުމުގެ ސަބަބުންނެވެ. ޢާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެންބަރުން ތަޅުމުން ނެރުނީ ވަރަށް އަނިޔާވެރިކޮށެވެ. އެ ގޮތުން […]
ރައީސް ޞާލިޙްގެ އޯޑިއޯ ވީޑިއޯ ދިމާނުވާކަން ބޭރު ދުނިޔެެއަށް އެނގިއްޖެ: އެމްޕީ ސަޢީދު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އޯޑިއޯއާއި ވީޑިއޯ ދިމާނުވާކަން ބޭރު ދުނިޔެެއަށް އެނގިއްޖެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އިިދިކޮޅު ކޯލިޝަނުން ރޭ “ދުއްޕާން“ ގެ ނަމުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި ސަޢީދު ވަނީ ދާދިފަހުން އިދިކޮޅު ކޯލިޝަންގެ ވަފުދަކުން ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައިފައެވެ. ކޮންފަރެންސެއްގެ ގޮތުގައި އެ ބައްދަލުވުން ކުރިއަށްގެންދިޔަކަން ފާހަގަކުރައްވައި ސަޢީދު ވިދާޅުވީ ކަމަށާއި, އެ ބޭފުޅުން އެ ގޮތަށް ކަންކަން […]
އިންތިޚާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައި: އަދުރޭ

އިންސާފުވެރި އިންތިޚާބަކުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައިކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން ބޭއްވި ހޯޕް ކޮންފަރެންސް ނިންމުމަށް “ދުއްޕާން“ ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި އަދުރޭ ވިދާޅުވީ ވެރިކަން ހޯއްދަވާނެ ފޯމިއުލާ އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ނަމަވެސް, އިންސާފުވެރި އިންތިޚާބަކުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައި ކަމަށެވެ. […]
މިފަހަރު މި ނުކުންނަނީ ސުވަރުގެއަށްދެވޭ ވަރަށް ވެރިކަން ކުރަން: ޢުމަރު

ރާއްޖެއަށް މުހިންމު 50 ބަދަލެއް ގެންނަވާނެ ކަމުގެ ވަޢުދާއެކު ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށްޓަވައިފިއެވެ. “އާ މިސްރާބަކަށް“ މި ޝިޢާރާއެކު ކެމްޕޭން ފަށްޓަވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވާދަކުރައްވާނެކަން ޢުމަރު ރަސްމީކޮށް އިއުލާނުކުރެއްވީ ސަލްޓަންޕާކުގައި ސަޕޯޓަރުންނާއެކު ރޭ ބޭއްވި ޖަލްސާގައެވެ. ޢުމަރު ވިދާޅުވީ ރާއްޖެއަށް ބޮޑު 50 ބަދަލެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. މައިގަނޑު ބަދަލަކީ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ހިންގެވުމެވެ. “އިސްލާމީ އުސޫލުތަކާއި ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ […]