ސިނާޢީ ބޭނުމަށް ކ.ތިލަފުށިން ބިން ވިއްކަން ނިންމާފައިވާއިރު, ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށްދޭން ނިންމާފައިވާތީ އެކަން ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ.

ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވީ މާލެ ސަރަހައްދުގައި ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުއިރު, ބީލަމުގެ އުސޫލުން ނުއަގުގައި 99 އަހަރަށް ބޭރުމީހުންނަށް ތިލަފުށިން ބިން ކުއްޔަށް ދޫކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ކުރިމަގުގައި ރާއްޖޭގެ ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރު މީހުންގެ އަތްމައްޗަށް ދިއުމުގެ ދޮރު ހުޅުވިގެންދާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވަނީ އެއީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކަމެއްކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ.
One Response
Ok vaane. Dhen India meehun athun dhivehinge bin dhivehin kulyyah nagaigen dhivehinge gaumugaa massakkaiy kureemaa #agenda19 in Ibu Raees hoadhdhevi kuri erumeh. Saabas Anni aai Ibu adhi Imran, Gasim, Maumoon. Shukuriyyaa