އާސަންދައަށް ކުރި ޚަރަދު 4 ގުނަ އިތުރުވީ ޕްރައިމަރީއާ ގުޅިގެންތޯ ނަޝީދު ސުވާލު އުފައްދަވައިފި

Loading

Facebook
Twitter
WhatsApp

މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އާސަންދައަށް ކުރި ޚަރަދުތައް ހަތަރު ގުނަ އިތުރުވެފައިވަނީ އެތެރޭގެ އިންތިޚާބަކާ ގުޅިގެންތޯ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ ޖެނުއަރީ މަހުގައި އާސަންދައަށް ޚަރަދު ކުރިވަރު ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖަނަވަރީގައި އާސަންދައަށް 67.9 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީގައި 283.4 މިލިއަން ރުފިޔާ އާސަންދައަށް ޚަރަދުކުރެވިއްޖެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީގައި ޙަޤީޤަތުގައި ވެސް ހަތަރު ގުނައިން ބަލި މީހުން އިތުރުވެގެންދިޔައީތޯ ނޫނީ އެތެރޭގެ އިންތިޚާބަކާ ގުޅިގެން އައި ބަދަލެއްތޯ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ނަޝީދު ސުވާލު އުފެއްދެވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 28 ގައެވެ. އެ އިންތިޚާބާ ދިމާކޮށް ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ސަރުކާރުން ބޭނުންކުރި ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ.

Loading

One Response

  1. ގާސިމް ރާއްޖޭގެ ވެރިކަމަށް އަންނަން އޮތް އެންމެ ފަހި ދަނޑިވަޅަކީ މިދަނޑިވަޅޭ މާލެ ސަރަހައްދުގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާއި ގުޅިގެން ބަލަންވީ ގާސިމް މިފަހަރު ރާއްޖޭގެ ވެރިކަމަށް ގެންނަން މިރާއްޖޭގެ ވެރިކަމަށް އެބަޖެހޭ ވިޔަފާރި ވެރިއަކު ގެންނަން އެއިރުން ދެން 200 ރަށުގައި މީހުން ދިރިއުޅުމުގެ ބަދަލުގައި މާލެ ސަރަހަައްދުގައި 5 ލައްކަ މީހުން ދިރިއުޅެން ފެށުމުން ދައުލަތުގެ ބަޖެޓް އަރަނި ވެ ރާއްޖެ އަކީ އެންމެ މުއްސަނދި ގައުމު ކަމުގައި ވެގެންދާނެއޭ ރަންކޮޅާ މަޑުކޮށްލާ މަމެން ވެސް ގޮވައިގެން ގާސިމް ގޯއްޗަށް ދާން ރަންކޮޅާ މަޑުކޮށްލާ މަބުނީ މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާށޭ ޔޭއް ޔޭއް ޔޭއް ޔޭއް ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް