ސަހަރާ ކޮނެގެން ނެގީ ސިހުރު ހަދާފައިހުރި ފިލާކޮޅުތަކެެއް: ސިޓީ ކައުންސިލް

ހެންވޭރު ސަހަރާގައި ވަޅުލާފައި ހުއްޓާ ނެގީ ސިހުރު ހަދާފައިވާ އެއްޗެހިތަކެއް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ. ހެންވޭރު ސަހަރާ ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ޢާންމުވެފައިވާއިރު, ތުހުމަތުކޮށްފައިވަނީ ސަހަރާ ކޮނެގެން މިނިކަށި ނަގާ ކަމަށެވެ. މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ސަހަރާ ކޮނެގެން ނެގީ މިނިކަށިތަކެއް ނޫން ކަމަށެވެ. އަދި އެއީ ސިހުރު ހަދާފައި ވަޅުލާފައި ހުރި ފިލާކޮޅުތަކެއް ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން […]

ފަޅުރަށެއްގައި ބަޔަކު ވެލާތަކެއް ފެޅި މައްސަލައެއް ބަލަނީ

ބ.އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 16:38 ގައި ކަމަށެވެ.  އެނގިފައިވާ ގޮތުން ފުލުހުން އެ ރަށަށް އެރިއިރު އެ މީހުން ތިބީ ވެލާތަކެއް ފަޅައިގެން ކައްކާށެވެ. އެ ތަނުގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ މައްސަލަ ރިޕޯޓުކޮށްފައިވާނެ ކަމަށެވެ. އަދި  ފުލުހުންގެ އިދާރާއިން […]

އިދިކޮޅު ފައުޖުގެ “ބުންވަރު“ ދައްކައިލަން ނުކުމެއްޖެ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ “ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ކުރިއަށް ގެންދާ “ބުންވަރު ހިނގާލުން“ ފަށައިފިއެވެ. ޕީޕީއެމްއާއި ޕީއެންސީގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު “ބުންވަރު ހިނގާލުން“ ފަށާފައިވަނީ 16:00 ގައެވެ. ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި މި ހިނގާލުން ކުރިއަށްދާނީ 18:00 އާ ހަމައަށެވެ. ކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދާ މި ހިނގާލުމުގައި ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާއި, ދާއިރާ ރައީސުންނާއި, ދާއިރާ ނައިބު ރައީސުންނާއި, […]

ރައީސް ޔާމީނަކީ ވަކި މީހެއްގެ އަނބިކަނބަލަކަށް, ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާދެއްވި ބޭފުޅެއް ނޫން: ޝަހީމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން  ޢަބްދުލްޤައްޔޫމަކީ ވަކި މީހެއްގެ ޢާއިލާއަކަށް, ވަކި މީހެއްގެ އަނބިކަނބަލަކަށް ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ދަރުބާރުގޭގައި މިއަދު ފެށި “ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުން އެންމެ ފާހަގަކޮށްލެވޭ އެއް […]

ސަރުކާރަށް ޒުވާނުން ބުނަނީ “މީތި ކަޑައޭ“, ކަމަކު ނުދެއޭ: ޑރ.ޖަމީލް 

މި ސަރުކާރުން ކަންކަން ކުރާ ގޮތް “ކަޑަ“ ކަމަށާއި, “ކަމަކު ނުދާ“ ކަމަށް ޒުވާނުން ބުނަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. ޖަމީލް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް މިއަދު މެންދުރުފަހު ފެށި ކޮންފަރެންސްގައި ދެއްކެވި ވާހަކަފުގައެވެ. “މިއަދު މި މަންޒަރު ފެނިފައި އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް […]

ރައީސް ޔާމީން އަނިޔާވެރިންގެ ކުރިމަތީ ކުޑަކަކޫ ނުޖައްސަވާނެ: އަދުރޭ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ އަނިޔާވެރިންގެ ކުރިމަތީ ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުގެ ރިޔާަސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިހާރު ކުރިއަށްދާ “ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކައިގައި އަދުރޭ ވިދާޅުވީ ޖަލުގައި މިހާރު ހުންނެވި ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އެ މަނިކުފާނުގެ ސަޕޯޓަރުން  މާޔޫސްވެވަޑައި ނުގަތުމަށް ކަމަށެވެ. “ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކޮށް އަޅުގަނޑު […]

ހައްލަކީ ހަމައެކަނި ޕީޕީއެމް: ޑރ.ޖަމީލް

ހައްލަކީ ހަމައެކަނި ޕީޕީއެމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ “ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ކުރިއަށްގެންދަން ނިންމާފައިވާ “ބުންވަރު“ ހިނގާލުމަށް ދަޢުވަތު ދެއްވައި ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ އަދިވެސް އޮތް ހައްލަކީ ޕީޕީއެމް ކަމަށެވެ. “އޮތް ހައްލަކީ ޕީޕީއެމް. ޕީޕީއެމްއާއެކު 2023ގައި ވަޑައިގަންނަވާ.“ ޖަމީލް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކޮންމެ ކަމެއް […]

މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

އއ.މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެ ރަށު ކައުންސިލުން ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މަތިވެރި/ރިވެލި, ޙަސަން ޢަލީ (ހަސަންފުޅު) އެވެ. އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ޙަސަންފުޅަކީ ޢުމުރުން 65 އަހަރަށްވުރެ ދޮށީ މީހެކެވެ. ހަސަންފުޅު އެންމެ ފަހުން ފެނުނުކަމަށް ވަނީ ރޭ މަޣްރިބު ނަމާދުން ފޭބި ވަގުތުގައެވެ. މަތިވެރީ ކައުންސިލުން ވަނީ ހަސަންފުޅާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ކައުންސިލުގެ ރައީސް ޙުސައިން ނިހާނުގެ ނަންބަރު 9935959 އަދި ކައުންސިލް އިދާރާގެ […]

މަހެއްގެ މައްޗަށް ނެގޭ 2,000 ޑޮލަރުގެ ލިމިޓް ބީއެމްއެލްއިން އުވާލައިފި

އޭޓީއެމްތަކާއި ބްރާންޗުތައް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ހަމަޖައްސާފައިވާ 2,000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އުވާލައިފައިވާ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. ބީއެމްއެލްއިން ބުނީ މި ބަދަލާއެކު ޑޮލަރު އެކައުންޓްތަކުން މިހާރު ކޮންމެ ދުވަހަކު ގިނަވެގެން ނެގޭނީ 1,600 ޑޮލަރު ކަމަށެވެ.  ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް ހުންނަނީ: ހ.މެރިން ޑްރީމްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުމާލޭ ރެނާޓަސް އިތާމުތް ފުލެޓް ޢިމާރާތުގައި ބީއެމްއެލްއިން ބުނީ ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ […]

ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނެތް

ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އިން ދައްކައިފިއެވެ. ސީޕީއައި އަކީ ދުނިޔޭގެ 180 ޤައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގ ހޯދުންތަކުގެ އަލީގައި އެ ޤައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެއް ކަމަށްވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ޤައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް […]