ސަރުކާރަށް ޒުވާނުން ބުނަނީ ''މީތި ކަޑައޭ'', ކަމަކު ނުދެއޭ: ޑރ.ޖަމީލް 

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން ކަންކަން ކުރާ ގޮތް “ކަޑަ“ ކަމަށާއި, “ކަމަކު ނުދާ“ ކަމަށް ޒުވާނުން ބުނަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް މިއަދު މެންދުރުފަހު ފެށި ކޮންފަރެންސްގައި ދެއްކެވި ވާހަކަފުގައެވެ.

“މިއަދު މި މަންޒަރު ފެނިފައި އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް އިރާދަކުރެއްވިއްޔާމު މި އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގަ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ ތިބޭފުޅުންގެ ލޮބުވެތި ރައީސް, ރައީސް ޔާމީން ޢަބްދުލްޤައްޔޫމް.“ 1100 އަށްވުރެ ގިނަ މަންދޫބުންނާއެކު މި މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ “ހޯޕް ކޮންފަރެންސް“ ގައި ޖަމީލުގެ ވާހަކަފުޅު ފެށްޓެވީ އެހެންނެވެ.

އެއާއެކު މުޅި ދަރުބާރުގޭގެ ހޯލު ތަރުހީބުގެ އަޑުން ގުގުމައިގެން ދިޔައެވެ.

“ޝައްކެއް ނުކުރައްވާ, ޝައްކެއް ނުކުރައްވާ.“ ޖަމީލް އިތުރަށް ޔަޤީންކަން ދެއްވިއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވާތީ އެކަމަށް ޢިޝާރަތް ކުރައްވައި ޖަމީލު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެތައް މަސައްކަތްޕުޅުތަކެއް ކޮށްދެއްވައި ރާއްޖޭގަ ވެރިކަން ކުރައްވާފައިވާ ބޭފުޅުން ޖަލަށްލާފައި “ގަދަބާރުން ވެރިކަން ކުރުމުގެ ނިޒާމަކީ“ ރާއްޖެ ދަންނަ ނިޒާމެއްނޫން ކަމަށެވެ.

“އެ ނިޒާމަށް ތަންދޭ ގޮތަކަށް ނޫން އަޅުގަނޑުމެން މި ތިބީކީ.“ ޖަމީލުގެ މި ވާހަކަފުޅާއެކު ވެސް ތަރުހީބުގެ އަތްތިލަބަޑިތަކުން ހޯލު ގުގުމައިގެންދިޔައެވެ. 

“ކަމަކު ނުދޭ އިނގޭތޯ. ކަމަކު ނުދޭ. އެއްގޮތަކަށް ވެސް ކަމަކު ނުދޭ. ހަމައެކަނި އެތަނެއްގަ އޮންނަ ފުލުހުންގެ ޒިންމާއަކީ އެއީ ހަމައެކަނި އެތާގަ ތިިބި ސިޔާސީ ވެރިން އިދިކޮޅު ލީޑަރުގެ މައްޗަށް މަތިމައްޗަށް ތަޙްޤީޤުކުރުން ކަމަށްވާނަމަ. ކަމަކު ނުދޭ. ކަމަކު ނުދެއޭ އެ ގޮތް. އެކަން ކަމަކު ނުދާތީއޭ އަޅުގަނޑުމެން މި ތިބީ. އެއްގޮތަކަށް ވެސް ކަމަކު ނުދޭ. ކަމަކު ނުދޭ. ކަމަކު ނުދެޔޭ. މަތިމައްޗަށް އެކެއްގެ މައްޗަށް ތަޙްޤީޤުކުރީމަ އެ ކަޑައޭ.“ ނުހަނު ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން ޖަމީލުގެ ބަސްތައް އަމުނައިލެއްވިއެވެ. 

ޖަމީލު ވިދާޅުވީ ކުށްވެރިންނަށް ތިބި މީހުން ހެކިންނަށް ގެނައިމާ އެ ކަން ކަމަކު ނުދާ ކަމަށާއި މި ތިއްބެވީ އެކަން ބަލައިގަންނަ ގޮތަކަށް ނޫން ކަމަށެވެ. އަދި އެފްރިކާގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ގޮތަށް ރާއްޖޭގެ މަސައްކަތް ހުރީމާ އެކަން ކަމަކު ނުދާކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަކީ ސިޔާސީ ނުފޫޒުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ އެ ކަން ވެސް ކަމަކު ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ވެސް ޖަމީލު ވަނީ ނިޒާމުން ބޭރުން ހިނގާ އެތައް ކަމެއް ފާހަގަކުރައްވައި އެ ކަންކަން ވެސް ކަމަކު  ނުދާކަމަށް ވިދާޅުވެފައެވެ.

Loading

One Response

  1. ކަޑަ ނޫންކަމެއް ބުނެބަލަ. ގެރިއަށް އަޅުކަން ކުރާ ބަޔަކާ ސައްތައިން ސައްތަ އިސްލާމީގައުމެއްގެ ސަލާމަތީ ބާރު ޙަވާލުކޮށް ގައުމުގައި އެވެރީން އެއްވެސް މިނެއްނެތި ފްރީކޮށް އިން އައުޓުވެ އުޅެން ދޫކޮށްލުމަކީ ހާދަ ބޮޑު ޖަރީމާއކެވެ. ހަމަ އަސްލުވެސް ކަޑަ. ދީނަށް ފުރަށްސާރަކޮށް ފިރިހެންކުޅި ގުރޫޕް ހަދައިގެން މެކްހަށް ޖެއްސުންވެސް ކަޑަ. ފަޅާއެރީމާ ދެން ކަންކުރިގޮތްވެސް ހަމަ ކަޑަ. ވެންޓިލޭޓަރުވަންކަމާއި ކުރިން ކޮށްފައިވާކަމަށް ބުނި ބޮޑެތި ވައްކަން ނުބެލުންވެސް ހަމަ ކަޑަ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް