ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނެތް

Loading

Facebook
Twitter
WhatsApp

ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އިން ދައްކައިފިއެވެ.

ސީޕީއައި އަކީ ދުނިޔޭގެ 180 ޤައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގ ހޯދުންތަކުގެ އަލީގައި އެ ޤައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސްއެކެވެ.

މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެއް ކަމަށްވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ޤައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ޤައުމުތަކަށެވެ. 

2022 ވަނަ އަހަރުގެ ސީޕީއައި އިން ދައްކާ ގޮތުން ރާއްޖެއަށް ލިބުނީ 2021 ވަނަ އަހަރެކޭ އެއްފަދައިން 40 ޕޮއިންޓާއެކު 184 ގައުމުގެ ތެރެއިން 85 ވަނަ ގިންތިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ބުނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހަދާފައިވާ ޤާނޫނުތަކަށް އަމަލުކުރުމުގައްޔާއި ތަންފީޒުކުރުމުގައި ރާއްޖެއަށް ކުރިއެރުމެއް އައިސްފައިނުވާކަމަށް އެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގައި މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާކޮށް ޤާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަން ވެސް ތަފާސް ހިސާބު ތަކުން ދައްކާ ކަމަށެވެ. އަދި ސީޕީއައިގެ މެދުމިނުގެ ގިންތި ތެރޭގައި ރާއްޖެ ހިމެނިފައިވުމުން ރަމްޒުކޮށްދެނީ ރާއްޖެއަށް ކޮރަޕްޝަން ނައްތާލުމަށް ހުރި ބޮޑެތި ހުރަސްތަކުގެ ތެރޭގައި ބޮޑެތި ހުރަސްތަކުގެ ތެރޭގައި ކޮރަޕްޝަން އަދި ޚިޔާނާތުގެ މައްސަލަތަކާއި އާންމުނަށް ގެއްލުންވާ ގޮތަށް ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިބޭ ބައެއް ފަރާތްތަކުން ނުޙައްޤުން މަންފާ ހޯދުން ހިމެނޭ ކަމަށެވެ. ޓްރާންސްޕޭރެންސީން ބުނީ މި ހާލަތުގައި ޕެޓީ ކޮރަޕްޝަނަށް ވަގުތީ ހައްލެއް ހޯދުމަށް ކުރެވޭ ކަންކަމުން ނުފުދޭ ކަމަށެވެ. 

“2022 ގެ ސީޕީއައި ޝިއާރުން އެނގޭގޮތުގައި ކޮރަޕްޝަންގެ ސަބަބުން ސިޔާސީ, އިޖްތިމާއީ އަދި އިގުތިޞާދީ ލޮޅުންތައް އަރައި ޤައުމުގެ އަމަން އަމާން ކަމާއި ރައްކާތެރިކަމަށް ބުރޫއަރާ. ހަމަ އެހެންމެ ކޮރަޕްޝަނުގެ ސަބަބުން އޯގަނައިސްޑް ކްރައިމް އާއި ވައިލަންޓް ކޮންފްލިކްޓް އިތުރުވާފަދަ މާހައުލެއް ގާާއިމުވޭ. އެއީ ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ބައެއް ކޮރަޕްޓް ފަރާތްތަކުން ނުފޫޒުގެ ބޭނުންކޮށްގެން ކުށްކުރާ ފަރާތްތަކަށް ކުށް ކުރުމުގެ ފުރުސަތު ދޭތީ.“

އެހެންކަމުން މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި އަމާންކަން ހިފެހެއްޓުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިކުރުވާ އަދި ކޮރަޕްޓު ފަރާތްތަކަށް ހިމާޔަތްދޭ ނިޒާމު އެއްކޮށް ބަދަލުކޮށް ޒިންމާދާރު ކުރުވުމާއި ހާމަކަން ބޮޑު ނިޒާމެއް ކަށަވަރުކުރަންޖެހޭ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

Loading

One Response

  1. ޕާރޓީ ދެ ގަބީލާ އަށް ބެހި އެއް ގަބީލާ އެއީ ދައުލަތުގެ މާލިއްޔާ އިން ޚަރަދުކުރާ ގަބީލާ އަށް ވެ އެ ގަބީލާ ކޮޅަށް ބޮޑެތި ވަގުން އަރާ ތިބީ އަނެއް ގަބީލާ އަކީ ނިކަމެތި ރައްޔިތުން އަރާ ތިބި ގަބީލާއޭ މީގައި އާޚިރުގައި މޮޅުވާނީ ރައްޔިތުން އަރާތިބި ގަބީލާއޭ ސަަބަބަކީ އެމެންގެ އީމާންތެރިކަމާއި އިޚްލާސްތެރި ކަމާއި އަޒުމް ވަރުގަދަވާނެއޭ މާލެ ސަރަހައްދުން ގޯތި ދިނުމުގެ ވާހަކަ މިހާރު ރައީސް އިބޫ ނުދައްކަނީ އެއީ ކިއެއްވެތޭ އެއީ އެކަން ނުކޮށްދޭން ވެގެންނޭ މީއޭ ހަގީގަތަކީ އަންނި ފެކްޝަން ކުރިއަރާނެއޭ ކުރިއަރާނީ މިހާރު ވެއްޓިފައި މިއޮތް ގިލަންވެރިކަމުން އަރައިގަތުމަށް ހިތްވަރާއި އެކު މަސައްކަތް ކޮޮށް ބުންވަރު ނެގުުމުންނޭ ވަކިން ޚާއްސަ ކޮށް މަޖްލީސް ހުޅުވުމަށް ފަހު ބަރުލަމާނީ ނިޒާމް ޕްރެކްޓިސް ކުރުމަށް ޓަކައި ސީދާ ރައީސް އިބޫ މަޖްލީހަށް ހާޒިރު ކޮށް މާލެ ސަރަހައްދުން މިދިޔަ އަހަރު ކަނޑާ ދޭން ބުނި ގޯތި ތައް ނުދިނީ އެއީ ކިއެއްވެތޭ ބަލަންވީއޭ ފިކުރެއްގެ ދިރުމުން ބަލަންވީއޭ ބަލަންވީއޭ ބަލަންވީއޭ ބަލަންވީއޭ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް