އޭޓީއެމްތަކާއި ބްރާންޗުތައް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ހަމަޖައްސާފައިވާ 2,000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އުވާލައިފައިވާ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލާއެކު ޑޮލަރު އެކައުންޓްތަކުން މިހާރު ކޮންމެ ދުވަހަކު ގިނަވެގެން ނެގޭނީ 1,600 ޑޮލަރު ކަމަށެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް ހުންނަނީ:
ހ.މެރިން ޑްރީމްގައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
ހުޅުމާލޭ ރެނާޓަސް އިތާމުތް ފުލެޓް ޢިމާރާތުގައި
ބީއެމްއެލްއިން ބުނީ ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3,000 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްތައް ކުރެވޭނެ ކަމަށެވެ.
ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.