އިދިކޮޅު ފައުޖުގެ ''ބުންވަރު'' ދައްކައިލަން ނުކުމެއްޖެ

Loading

Facebook
Twitter
WhatsApp

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ “ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ކުރިއަށް ގެންދާ “ބުންވަރު ހިނގާލުން“ ފަށައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު “ބުންވަރު ހިނގާލުން“ ފަށާފައިވަނީ 16:00 ގައެވެ. ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި މި ހިނގާލުން ކުރިއަށްދާނީ 18:00 އާ ހަމައަށެވެ.

ކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރިއަށްގެންދާ މި ހިނގާލުމުގައި ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާއި, ދާއިރާ ރައީސުންނާއި, ދާއިރާ ނައިބު ރައީސުންނާއި, ޒުވާނުންގެ ރައީސުންނާއި, އަންހެނުންގެ ރައީސުންނާއި, ސެނެޓަރުންނާއި, ކައުންސިލަރުންނާއި, ޑަބްލިއުޑީސީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ވަގުތު ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކުރިއަށްގެންދާ ހޯޕް ކޮންފަރެންސް ފެށީ އިއްޔެ މެންދުރުފަހުއެވެ. 

1100 އަށްވުރެ ގިނަ މަންދޫބުންނާއެކު ފެށި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ ބުންވަރު ހިނގާލުމަށްފަހު މިރޭ 20:30 ގައި “ޤާނޫނުގެ މީޒާނުގައި ރައީސް ޔާމީނަށް ކުރާ ދަޢުވާ“ ގެ ނަމުގައި ޖަލްސާއެއް އޮންނާނެއެވެ. އެއަށްފަހު މާދަމާ ވެސް ކޮންފަރެންސްގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. ކޮންފަރެންސް ނިންމުމުގެ ޖަލްސާ އޮންނާނީ މާދަމާރޭ 20:30 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް