ހައްލަކީ ހަމައެކަނި ޕީޕީއެމް: ޑރ.ޖަމީލް

Loading

Facebook
Twitter
WhatsApp

ހައްލަކީ ހަމައެކަނި ޕީޕީއެމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ “ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ކުރިއަށްގެންދަން ނިންމާފައިވާ “ބުންވަރު“ ހިނގާލުމަށް ދަޢުވަތު ދެއްވައި ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ އަދިވެސް އޮތް ހައްލަކީ ޕީޕީއެމް ކަމަށެވެ.

“އޮތް ހައްލަކީ ޕީޕީއެމް. ޕީޕީއެމްއާއެކު 2023ގައި ވަޑައިގަންނަވާ.“

ޖަމީލް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކޮންމެ ކަމެއް ކުރައްވަނީ ނިޒާމުން ބޭރުން ކަމަށެވެ.‎ އެ ގޮތުން ބޭނުންވެވަޑައިގަތީމާ ކުންފުނިތައް ހިތުހުރި ގޮތަކަށް ބޭނުންކުރައްވައި އިންތިޚާބާ ދިމާކޮށް “ވަޒީފާތައް އޮއްސައިލަމުން“ ގެންދަވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. 

މީގެއިތުރުން ބުއްދި ޤަބޫލުނުކުރާ ޕްރޮޖެކްޓް ޢިއުލާންކޮށް ކުންފުނިތައް އަމިއްލަ ވިޔަފާރި ގޮތަށް ބޭނުންކުރާ ކަންވެސް ފާހަގަކުރެއްވިއެވެ.

Loading

One Response

  1. މައްސަލަޔަކީ ޑރ. ޖަމީލު މާދަމާ ކުލަ ބަދަލުކޮށް ހަމަ ހަޅޭ ލަވާފާނެއެެވެ. 2018ގައި އެމްޑީޕީ ބައިގަނޑާ ގުޅިގެން ޔާމީނަށް ކުރުދޮށިން ދީ އެހެދިހާ ދޮގު އަޑުއިވުނީމާ ހަމަ ކަޑައޭ! އެ އެތި ކަޑައޭ! ހަމަ ކަޑައިއްޔޭ!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް