ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން
ޢަބްދުލްޤައްޔޫމަކީ ވަކި މީހެއްގެ ޢާއިލާއަކަށް, ވަކި މީހެއްގެ އަނބިކަނބަލަކަށް ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ދަރުބާރުގޭގައި މިއަދު ފެށި ”ހޯޕް ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ މަނިކުފާނަކީ ޒުވާނުންނަށް ފުރުސަތު ދެއްވި ބޭފުޅެއް ކަމަށެވެ.
އަދި އެ މަނިކުފާނަކީ ވަކި މީހެއްގެ ޢާއިލާއަކަށް ނުވަތަ ވަކި މީހެއްގެ އަނބިކަނބަލަކަށް ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން ކަމަށާއި, ކިތަންމެ ނިކަމެތި ޢާއިލާއަކަށް ނިސްބަތްވި ނަމަވެސް އެ ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެއްގެ ތަޢުލީމާއި ގާބިލު ކަމަށް ބައްލަވާފައި ވަޒީފާ ދެއްވި ބޭފުޅެއް ކަމަށެވެ.
”ރައީސް ޔާމީންގެ ވެރިކަމުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެމަނިކުފާނަކީ ޒުވާނުންނަށް ފުރުސަތު ދެއްވި ބޭފުޅެއް.
އެމަނިކުފާނަކީ ވަކި މީހެއްގެ ޢާއިލާއަކަށް ވަކި މީހެއްގެ އަނބިކަނބަލަކަށް ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން.”
މީގެއިތުރުން ޑރ.ޝަހީމް ވިދާޅުވީ ޤައުމު ކުރިއަށްދާ މިސްރާާބާމެދު ދިވެހި ކޮންމެ ރައްޔިތަކު ވެސް ވިސްނައިލަންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޒަޢާމަތަށް މިއަދު ބޭނުންވެފައި ވަނީ މީގެ ކުރިން ބޭނުންނުވާ ދަރަޖައަކަށް ކަމަށާއި އެމަނިކުފާނަކީ މި ޤައުމު އިތުރު އުސްމިނަކަށް ގެންދިއުމަށްޓަކައި ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
ދިވެހި ރައްޔިތުން އެކަމަށް ހެކިވާނެކަން ފާހަގަކުރައްވައި ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ އެ ދައުރު އަލުން އިއާދަކުރުމަށް މިއަދު ޢަޒުމް އާ ކުރަންޖެހޭ ކަމަށެވެ.
One Response
ސަހީމު އެހައްދަވަނީ ސީދާ ދޮގު މުޅިން ދޮގު ޝޭހު ސަހީމު އެހައްދަވަނީކަޑައެޅިގެންދޮގު ނޭގޭ ކަންކަމުގައި ވާހަކަ ނުފަތުރާ އޭރުން މީހާގެ އަގު ވެއްޓެނީ މަޑުން ހުންނަވާ އަގަނުތަޅާ