މިފަހަރު މި ނުކުންނަނީ ސުވަރުގެއަށްދެވޭ ވަރަށް ވެރިކަން ކުރަން: ޢުމަރު

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް މުހިންމު 50 ބަދަލެއް ގެންނަވާނެ ކަމުގެ ވަޢުދާއެކު ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށްޓަވައިފިއެވެ. 

“އާ މިސްރާބަކަށް“ މި ޝިޢާރާއެކު ކެމްޕޭން ފަށްޓަވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވާދަކުރައްވާނެކަން ޢުމަރު ރަސްމީކޮށް އިއުލާނުކުރެއްވީ ސަލްޓަންޕާކުގައި ސަޕޯޓަރުންނާއެކު ރޭ ބޭއްވި ޖަލްސާގައެވެ.

ޢުމަރު ވިދާޅުވީ ރާއްޖެއަށް ބޮޑު 50 ބަދަލެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. މައިގަނޑު ބަދަލަކީ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ހިންގެވުމެވެ.

“އިސްލާމީ އުސޫލުތަކާއި ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށް. ދިވެހި ދައުލަތް ހިންގާނީ އިސްލާމީ ވެރިއެއް. އޭނަ ދޮގެއް ނުހަދާނެ. އޭނަ ރަލެއް ނުބޯނެ. އޭނަ ވައްކަމެއް ނުކުރާނެ. އޭނަ ޝަހުވަތުގެ ފަހަތަކުން ނުދުވާނެ.“

“އޭނަ ޢަދުލުވެރިވާނެ. އެންމެނާ މެދުގައި އޭނަ ހަމަހަމަ އުސޫލު ގެންގުޅޭނެ. އެކަމަކު ޙައްޤަށް މަސައްކަތް ކުރުމުގައި ފިޔަވަޅު އެޅުމުގައި ފަހަތަކަށް ވެސް ނުޖެހޭނެ.“

ޢުމަރު ވިދާޅުވީ އިސްލާމީ ވެރިއެއްގެ ގައިގަ ހުންނަންޖެހޭ ސިފަތަކަކީ އެއީ ކަމަށާއި އޭނާގެ ކިބައިން އެ ސިފަތައް ދައްކަވާނެ ކަމަށެވެ.

“މީހުން މެރުމާއި ރޭޕްކުރުމާއި މަސްތުވާ އެއްޗެހި އެތެރެކޮށް ކޮރަޕްޝަން ހިންގާ މީހުންނާ ދޭތެރޭގަ އިސްލާމީ ޝަރީޢަތުގަ ހުރި ޙުކުމްތައް އަޅުގަނޑު ގާއިމް ކުރާނަން.“ ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ކޮރަޕްޝަނަށް “ފިތާލައި“, “ފުނޑުފުނޑު“ ކޮށްލައްވާނެ ކަމަށެވެ. އަދި މަގުމަތީ ކަނޑިއާއި, ކަތިވަޅި ހިފައިގެން ނޫޅެވޭނެ ކަމަށާއި, ކަތިވަޅިއެއް ކޮނޑަށްވުރެ މައްޗަށް ނަގައިފިއްޔާ ފުލުހުން ފިސްތޯލަ ނަގާނެ ކަމަށާއި, ފުލުހުންގެ އުނގަނޑުގައި ފިސްތޯލަ އޮންނާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.   އަދި ކަނޑި ހޫރާލައިފިއްޔާ ފުލުހުން ފިސްތޯލަ ޖަހާނެ ކަމަށާއި, މަރުވެއްޖެއްނަމަ ކަނޑި ހޫރި މީހާ ކުށްވެރިވާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ހަމައެއާއެކު ކަނޑުމަތިން ޑްރަގް އުފުލާކަމަށްވަންޏާ އެ ބޯޓުތަކަށް ބަޑިޖަހައި ފައްތައިލާނެ ކަމަށާއި, ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެއްވާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ މަގުމަތީގައި ވަޅި ހަރައި މީހުން މަރައި ހެދުން ޢާންމުވެފައިވާއިރު އެތައް ވެރިންނެއް އައިސް އެ ކަންކަން ހައްލު ކުރައްވަން އުޅުއްވި ނަމަވެސް “ކިރިޔާ ވެސް އެއަށް ބުރަތްކެއް ޖައްސައިލެވުނު މީހަކީ“ އޭނާ ކަމަށެވެ.

ޢުމަރުގެ ބައެއް ނުކުތާތައް:

ހުރިހާ ޤައުމަކާ އެކު ވެސް އެކުވެރި ގުޅުމެއް ބާއްވާނަން.

އިންޑިއާ ސިފައިން ބާލާނީ އަޅުގަނޑު.

ޕޮލިޓިކަލް ޕާޓީ ސިސްޓަމް އިސްލާހު ކުރާނަން.

މާލޭގައި ސިޓީ ކައުންސިލެއް ނޯންނާނެ. ކޮންމެ އަތޮޅެއްގައި ގަވަރުނަރެއް/ ލޯކަލް ގަވަރމަންޓް މިނިސްޓަރެއް.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވައިލާނަން.

ރައްޔިތުންގެ މަޖިލިސް ކުޑަކުރާނަން. އެންމެ ގިނަވެގެން ތިބެން ޖެހޭނީ 50 މެންބަރުން.

މަޖިލީހުގަ ދައްކާ ހަޑި ވާހަކަ ޓީވީ މެދުވެރިކޮށް ސިޓީންރޫމާ ހަމައަށް ނާދެވޭނެ ގޮތް ހަދާނަން.

ދީނީ ތަޢުލީމާއި ތަރުބިއްޔަތުން ދިވެހި މުޖުތަމަޢު ފައްކާ ކުރެވޭނެ.

ފްރީޑަމް އޮފް ސްޕީޗް ހިފެހެއްޓިފައި އޮންނާނީ އިސްލާމްދީނުގެ މިންގަނޑުގެ ތެރޭގައި.

ރާއްޖެއަށް ބޭނުންވަނީ 12 ގަޑިއިރު މަސައްކަތް ކުރެވޭނެވަރުގެ ބުންވަރު ހުރި ވެރިއެއް. މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ކަނާތުން ވާތް ކަނޑާލަން ޖެހުނަސް ކަނޑާލަން ކެރޭ ވަރުގެ ޖެހިލުންކުޑަ ލޯ އެންޑް އޯޑާރ ކެންޑިޑޭޓެއް.

ސިޔާސީ ޕާޓީތަކުން ކިޔައިދޭނެ އިތުރު ވާހަކައެއް ނެތް. . ދެ ޕާޓީ ވެސް ޓެސްޓު ކުރެވި, ދެ ޕާޓީއަށް ސްޕަރމެޖޯރިޓީއާއެކު ފުރުސަތު ދެވިއްޖެ. ދެ ޕާޓީ ވެސް ފެއިލްވެއްޖެ. 

ޓޫރިޒަމްގެ ސިޔާސަތު ދިވެހިންނަށް ފައިދާވާ ގޮތަށް ބަދަލުކުރާނަން.

އުުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމުކުރާނަން.

ދިވެހިން ތަމްރީން ކުރަން އަހަރަކު 100 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާނަން.

ރިޕޯޓަރުން ލައްވައި ދޮގު ނުހަދާން ހުވާ ކުރުވާނަން.

ޢުމަރު އިތުރަށް ވިދާޅުވީ އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް ވެރިކަން ކޮށްފައި ކަމަށެވެ.

Loading

18 Responses

  1. އުމަރުގެ ސިޔާސަތާއި އަންނިގެ ސިޔާސަތާއި ވަރަށް އެއްގޮތް ކަންކަން ގިނައޭ އެކަން އެހެން ދިމާވާން ޖެހެނީ އެއީ އެކަން ކޮށްގެން ދެކޮޅު ޖެހޭނެ ގޮތަކީ އެގޮތުން ބަލާއިރު ރާއްޖޭގައި ދަނޑުވެރިކަން ކުރަން މިހާރު ސަރުކާރުން އުޅޭ ގޮތް އެއީ އުވާލަން ޖެހޭނެ ގޮތެކޭ 1990 ވަނަ އަހަރުން ފެށިގެން ދަނޑުވެރިން ހޭލުން ތެރިކުރަނީ ކުރަނީ ކުރަނީ އެނޫން ކަމެއް ނުކުރޭ ރާއްޖޭގައި ހެއްދޭ ގޮވާމެއް ނެތޭ މިކަން ކުރެވޭނީ ފެހިގެތައް ހަދައިގެން މާލެ ސަރަހައްދުން ބިން މިކަމަށް ގާފަރު ފަޅު ހިއްކާ ދަނޑުވެރިކަން ކުރަން 1 ހެކްޓަރުގެ ބިން ބިމެއް 1 މިލިއަން ޑޮލަރަށް ވިއްކާލައިގެންނޭ އެއް ފަހަރާއި ފައިސާ ނުދެއްކޭ މީހުން 100 އަހަރަށް އެއް މިިލިއަން ޑޮލަރު ބަހާލައިގެން ދެއްކީމާ ނިމުނީއޭ އެއިރުން ދަނޑުވެރިކަން ކުރާނެއޭ އެކަން ކުރަން ސައެންސް އިލްމް ގައި ލައްވަވާފައިވާ އުސޫލުން އެކަން ކިޔަވައިގެން ތިބި މީހުން އެކަން ކުރާނީ އަމިއްލަ ކުންފުނި ތަކުންނޭ ރާއްޖެތެރޭގައި ތިބި ކަންނެތް މީހުން ހެދުނު 11 ޖަހާއިރު ދަނޑަށް އައިސް ފައި 12 ޖަހާއިރު ގެއަށް ކަނޑާލާ އާލާތުން ލައްވާ ރާއްޖޭގެ ދަނޑުވެރިކަން ނުކުރެވޭނެއޭ އެއީވާނެ ކަމެއް ނޫނޭ ހިނގާށެ ނަލަ ކުރަމާ ދަރިންގެ ފަހި ކުރިމަގު ހިނގާ ރުވަން ފެންދީ އެމެންގެ އުއްމީދުގެ މަތިވަރު ހިނގާ ނަފާ ހޯދަން މިވަތަން ގައި ދަނޑުވެރިކަން ވިޔަފާރި އެއްގެ ގޮތުގައި ކޮށްގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ފިކުރެއްގެ ދިރުމާއި އާމިސްރާބާއި ގުޅިގެން މިކަން ކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  2. މާލެ ސަރަހައްދުން ގޯތި ބޭނުންވާ ކޮންމެ ކަތަކަށް ބޭންކް ގެ ލިޔުމެއް ނެތި އައިޑީ ކާރޑް ދިއްކޮށް ލުމުން އެކަނި ލިބޭނީ އުމަރާއި އަދި އަންނި ގުޅިގެން އުފައްދާ ވެރިކަމުގައި އެކަނިއޭ މިވެރިކަމުގައި ވިނަރެސް ފްލެޓް ލިބުނު މީހުން މިޖެހެނީ ދެން އެމެން ތިރީ ކޮޅާ އަދި މަތީ ކޮޅުގައި ހުރި އިސްތަށި ތައް ގުނާ އެއަދަދު ވެސް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ޔަގީން ކުރުމަށް ފަހު އެޗްޑީސީ އަށް އެކަން ސާބިތު ކޮށްދޭންއޭ މީދެން ރައްޔިތުން ނިކަމެތި ކޮށް އެމެން ދެރަކޮށްލަން މިހާރު އޮތް ކައްޕަޅި ސަރުކާރުން ކުރާ ކަންކަމޭ މިކަން ކަން ނުކުރާނެއޭ ފިކުރެއްގެ ދިރުމާއި އަދި އާ މިސްރާބު ގުޅިގެން އުފައްދާ ސަރުކާރުން އެއީ ޔަގީން ކަމެކޭ ހިނގާ މަމެންނާއި އެކުގައި ނުވާނަމޭ ވަރުބަލި މަމެން ދޫދޭނީ މިކަން މިފަހަރު ކާމިޔާބު ކޮށްފައޭ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީ އާދޭ އެކީގައި މިކަން ކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި މިކަން ކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށލާ….

  3. މުޅިންވެސް ރަނގަޅު ވާހަކަ. ރައްޔިތުން ހޮވައިފިއްޔާ ދޯ ވާނީ!! އެކަމަކު މުޖުތަމަޢު އޮތީ ފަސާދަ ކޮށްފަ!!!

  4. މަމެން ތާއީދު ކުރަނީ ރިޔާސީ ކެންޑިޑޭޓުންނަށް ފައިނަގާ މީހާ ހުންނަ ސިފައަށް ނޫނޭ އެމީހާ ހުށައަޅާ ސިޔާސަތާއި އޭނާ އާއި އާންމު ރައްޔިތުންނާއި އޮންނަ ގާތްގުޅުމަށޭ އަދި އެމެން އާންމު ރައްޔިތުންނާއި ގާތްވުމަށް ޓަކައި ވަގުތު ނެތޭ ކިޔާ އެލަފްޒު ބޭނުން ނުކުރާ މީހުން އެއީ މިރާއްޖޭގެ ރައީސް ކަަމަށް އަންނަން ޖެހޭނެ މީހުންނަކީ އެގޮތުން ބަލާއިރު އުމަރާއި އަދި އަންނި އެ ދެމީހުން މިކަމަށް ކުފޫ ހަމަވެއޭ އަންނި ވެސް އުމަރުވެސް ހިވާގިވާނެއޭ އެމެން ވައްކަމެއް ގަސްތުގައި ނުކުރާނެއޭ މަމެންގެ ހިތް ބުނަނީ އަންނި މިހާރު އެހެރީ އުމުރުން 50 ފުރިހަމަވެ އެހެން ކަމުން ފުރަތަމަ ވެރިކަމުގައި އަންނި އެޅި ފަދަ ގަޅި ކަންކަން ނުކުރާނެ ކަމަށޭ މަމެން ދެކެނީ އުމަރަކީ ހޯމް މިނިސްޓަރު ކަން ކުރިއިރު ވެސް ތެދުވެރިކަން ކުރިއަށް ނެރެގެން މަސައްކަތް ކުރި މީހެކޭ ނަތީޖާ ހުރީ ރަނގަޅަށް ނެރެދީފައޭ މިދެ ވެރިން އެއްވެއްޖެނަމަ ގާސިމް އިބްރާހިމް އެކޮޅަށް އެރުން އެއީ ވަރަށް ގާތް ކަމެކޭ ގާސިމް އެކުރިމަތި ލަނީ ފައިސާ ދަބަސް ހިފައިގެން ކަމަށްވާތީވެ 10 ދިވެހިން ނަގާއިރު އެތަނުން 8 މީހުންނަކީ ކުދި ކުދި ވަގުންނޭ ކަންމިހެން ހުރުމުން މިއުސޫލަށް ވިސްނާ އުމަރާއި އަދި އަންނި އެބަޖެހޭ އެއް މޭޒެއް ދޮށަށް ޖަމާވެ ސައްލާ ކުރަން ޒާތީ ގޮތްތައް ދޫކޮށްލަންވީއޭ އިންޑިއާ ސިފައިން ބާލަން ރައްޔިތުން ބޭނުންވީމާ އަންނި ވެސް ޖެހޭނީ އެކަން ދޫކޮށްލަން އިންޑިއާ އަކުން ނޫން ވެރިކަން ދޭނީ ރައްޔިތުން ވެރިކަން ދޭނީ…

  5. ރާއްޖޭގައި ދަނޑުވެރިކަން ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ޖެހޭނީ އުވާލަން އެއީ އަމާބުނީތީ ފަރަށްދާ އުސޫލުން ސަރުކާރުން ކުރާ ކަމެކޭ ދުވަހަކުވެސް އެކަން ކާމިޔާބު ނުވާނެއޭ ރާއްޖެތެރޭ ކަންނެތް މީހުން ލައްވާ ރާއްޖޭގައި ދަނޑުވެރިކަން ނުކުރެވޭނެއޭ ބަދަލުގައި އެބަޖެހޭ މާލެ ސަރަހައްދުން ގާފަރު ފަދަ ބޮޑު ފަޅެއް ބަލާ އެފަދަ ފަޅެއް ހިއްކާ އެތަނުން 1 ހެކްޓަރުގެ 50 ހާސް ބިން މާލޭގެ ވިޔަފާރިވެރިންނަށް ކުއްޔަށް ދީގެން އެތަންތަނުގައި ފެހިގެތައް ހަދައިގެން އެތަން ތަނުގައި އިމާރާތް ތައް ނެގެން އޮތް އެންމެ މައްޗަށް ނަގައިގެން އެތަންތަނުގައި ދަނޑު ތައް ހައްދާ އަދި ލިބޭ ހުރިހާ ގޮވާން ތައް ފޮށި ފޮއްޓަށް އަޅާ ބަންދުކޮށް ރާއްޖޭގެ ބާޒާރަށާއި އަދި އެމެންގެ ބާޒާރަށް ފޮނުވަން ދަނޑުވެރިކަމުގެ އުފެއްދުން ތަކަކީ ދުނިޔޭގައި މީހުން ދިރިއުޅޭ ނަމަ އަބަދުވެސް އޭގެ ބޭނުން ޖެހޭނެ އެއްޗިއްސޭ އެއަށް އޮތް ބޭނުންތެރިކަން ކުޑަނުވާނެއޭ ދުވަަހަކު ވެސް ހެވޭ ކިތަންމެ ގިނައިން އުފެއްދި ނަމަވެސް އުފައްދާ އަދަދު މަދު ނުވާނެއޭ އެމެންގެ ގައުމު ތަކަށް ވިއްކާލެވޭނެއޭ މީ ރާއްޖެ މުއްސަނދިވާން ލިބޭނެ ވަރަށް ބޮޑު ފުރުސަތެކޭ މިކަމަކީ މީ ސައެންސް އިލްމްގެ ބޭނުން ކޮށްގެން މެނުވީ ވާނެ ކަމެއް ނޫނޭ އައިޓީ ސިނާއަތް ކުރިއަރައިގެން ދަނީ 8085 ޕްރޮސެސަރ ހޯދި އިންޖިނިއަރުންނަށް އެ ސައެންސް ރަނގަޅަށް އެނގުމުންނޭ ދަނޑުވެރިކަން އޮތީ ވެސް ހަމަމިގޮތަށޭ ސައެންސްގެ އިލްމް ބޭނުން ކޮށްފިނަމަ ކުރިއަރާނެއޭ….

  6. އަންނިގެ ސިޔާސަތަށް ވުރެން އުމަރުގެ ސިޔާސަތު ވަނީ އެއްދަރަޖަ ކުރިން މާރކްސް ހޯދާފައޭ ސަބަބަކީ ރާއްޖޭގައި ހުރި އެންމެ ބޮޑެތި މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގާޅީން ނަށް މިގައުމުގައި އެގޮތަށް މަސައްކަތް ނުކުރެވޭނެ ކަން ވައްކަން ކުރަމުން އަންނަ ބަންގާޅު އެމްބަސީ އަށް ވެސް އިނގެން ޖެހޭނެއޭ އެމެންގެ އައިޑެންޓިޓީ ވެސް އެބަހުއްޓޭ އިމިގްރޭޝަން ގައި ފައްޔާޒަށް ވާނުވާ ނޭގެނީއޭ ކިއްލިތަޅާ ކިޔަވައިގެން ތިބި މީހުން ވަޒީރުންނަށް ލުމުން ވާނެ ހަތަރެތި މިއޮށްގެން ވަނީއޭ ފައްޔާޒު މެންނަކީ ވިޔަފާރީގައި ފެއިލް ވެފައި ތިބި ބޮޑެތި ވަގުންނޭ އެމެންނަށް މިނިސްޓަރު ކަން ދޭނީ ވެސް ކަނޑުކޮހުންގެ ސަރުދާރުންނޭ މިރާއްޖޭގައި ބަންގާޅުން ނަށް ގަވާއިދާއި ޚިލާފަށް މަސައްކަތް ނުކުރެވޭނެއޭ ކޮންމެ ރިސޯރޓެއްގައި ފުލުހަކު މިކަން ބަލަން ބަހައްޓާ އެކަމާއި ގުޅޭ ރިޕޯރޓްްސް ތައް ގާތުން ރައީސް އަކަށް ހުންނަ މީހަކު ބަލާތާ 3 މަސް ތެރޭ އެކަން ހައްލުވާނެއޭ މަމެން ހުވައޭ ހައްލު ވާނެއޭ މިކަން ކުރަން ނޭގެނީއޭ ރައީސް އިބޫގެ ސަރުކާރަށް ރައީސް މީހާ ގައިގައި ފެންވަރެއް އަދި ބުންވަރެއް އަދި ހިތްވަރެއް ނެތިއްޔާ ވާނެ ހަތަރެތި މިއޮށްގެން ގައުމަށް ވަނީއޭ…

  7. ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން އެއީ ބޮޑު ގައުމީ ކަމެއްގެ ގޮތުގައި އަންނި އަށް ނޭގި އޮތުން އެއީ މަމެން ހިތާމަ ކުރާ ކަމެކޭ މީވަރަަށް ބޮޑު މައްސަލަ އެކޭ ލަންކާ އަށް ވެސް ދިމާވި ދާޚިލީ ހަނގުރާމައިގެ އަސްލު އަދި ލަންކާ ގެ އިގްތިސާދު އެހާ ބޮަޑަށް ދަށްވެގެން ދިއުމުގެ އަސްލަކީ އެއީ ލަންކާ އަށް ގެނައި މަސައްކަތު މީހުން އެގައުމުގެ ދަރިން ކަމަށް ހެދުމުންނޭ އެގޮތަށް ހަދައިގެން ނުވާނެއޭ މީ އެމެރިކާ އެއް ނޫނޭ މީ ލަންކާ އެއްވެސް ނޫނޭ މީ ރާއްޖެއޭ ރާއްޖޭގެ ރައްޔިތުކަން ދޭން ޖެހޭނީ ދިވެހިންނަށޭ ދިވެހިން ކަމަށް މަމެން މާނަ ކުރަނީ އެއީ ދިވެހި އަމައަކާއި ދިވެހި ބަފައަކަށް ލިބޭ ދަރިންނޭ ދިވެހި އަމައެއް ދެން ބޭރު ގައުމެއް ފިރިއަކަށް ލިބޭ ދަރިން އެނުވާނެއޭ ދިވެހި ދަރިއަކަށް އެއީ އެކަން ގުދުރަތީ ގޮތުން ވެސް ހަމަޖެހިފައި އޮންނަ ގޮތޭ ކަން މިހެން ހުރުމުން މަމެން އުއްމީދު ކުރަމޭ އަންނިގެ ސިޔާސަތުގެ ތެރެއަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމެންގެ ގައުމަށް ފޮނުވާލާނެ ގޮތުގެ މަގު ޗާރޓެއް އެކުލަވާލާ އެކަމަށް ދާނެ ޚަރަދު ވެސް ހިސާބު އަދާ އަދި އެމެން ފޮނުވާލާނެ މުއްދަތު ވެސް ބަޔާން ކޮށް މިކަަމަށް ރަނގަޅު ރިޕޯރޓެއް ތައްޔާރު ކުރާނޭ ކަމަށް…

  8. މިރާއްޖޭގެ ޚާރިޖީ ވުޒާރާ އަށް އަހަރަކު ކުރާ ޚަރަދުން މާލޭގެ މަގުތައް ހަދާ ނިންމާލެވޭނެއޭ ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީ ތަކުގައި އެބަހުއްޓޭ މަހަކު 2 ލައްކަ ރުފިޔާގެ މުސާރަ ދޭ މީހުން އޭގެ މައްޗަށް ހުންނާނެ ތަނާއި ކެއުމާއި އެހެން ޚަރަދުވެސް ކުރަނީ ސަރުކާރުންނޭ މިވަރުގެ މުސާރަ ދީގެން ބޭރުގައި ހުންނަ އެމްބަސީ ތަކުން ރަންވަޅު ކޮންނަނީތޭ 2 ލައްކަ ރުފިޔާގެ މުސާރަ ދެނީ އެއީ ސައެންޓިސްޓުންތޭ ނުވަތަ ޕްރޮފެސަރ ލެވެލްގެ މެތެމެޓިޝަނުންތޭ ނޫންދޯ ބޮޑެތި ވަގުންނޭ އެއީ އެހުރިހާ އާލާތުންގެ ވަޒީފާ އުވާލާ ރާއްޖޭން ބޭރުގައި އެމްބަސީ ތައް ހަދަން ޖެހޭނީ އޮންލައިން ކޮށް ވޯޓަކަށް ގޮސް ރައްޔިތުންނަށް އެފަދަ އެމްބަސީ ތައް ހުންނަން ޖެހޭނެ ކަމަށް ފެންނަ ވޯޓެއް ލިބިގެންނޭ އެގޮތަށް ލިބޭ ވޯޓް އިން ވެސް %75 ލިބެން ޖެހޭނެއޭ އެނޫންނަމަ އެފަދަ އެމްބަަސީ ތައް ހުރެގެން ނުވާނެއޭ ދިވެހިރައްޔިތުން ގާތުން އަހައިގެން ނޫނޭ ލަންކާ އިންޑިއާ އަދި މެލޭޝިއާ އަށް އަދި ޔޫކޭ އަށް ގޮސް ދިވެހިން އުޅެނީ އެމެން ޖެހޭނީ ކަންކަމުގައި މިގައުމަށް އަންނަން ނުޖެހޭނެއޭ އެމެން ތިބޭ ގައުމެއްގައި އެމްބަސީ އެއް ހުންނަން އުސޫލެއްގެ ގޮތުން ރާއްޖޭން ބޭރުގައި ތިބޭ މީހުންގެ ވޯޓް ނުވެސް ޖެހޭނެއޭ ރިޔާސީ އިންތިޚާބުގައި ހޯދަން އެއީ ވަރަށް ބޮޑު ގޯހެކޭ އެއީ މިގައުމު ދެކެ ލޯބިވާ އާލާތް ގަނޑެއް ނޫނޭ….

  9. މިގައުމުގެ ޚާރިޖީ ވުޒާރާ އިން ކުރާ ޚަރަދުން ހުޅުމާލޭގައި އަހަރަކު 150 ހެކްޓަރުގެ ބިންހިއްކޭނެއޭ ހުޅުމާލޭގެ ހުޅަނގުން އޮތް ފަޅުގައި ޚާރިޖީވަޒީރު ބޭނުން ވުމުން އެގޮތަށް ރާއްޖޭންބޭރަށް އޭނާ އަށް ދެވިގެން ނުވާނެއޭ ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޖެހޭނީ ޚާރިޖީ ވަޒީރު ރާއްޖޭން ބޭރަށް ދަތުރުކުރާ ބޭނުމާއި އަދި އެކުރާ ހޭދަ އޮންލައިން ކޮށް ރައްޔިތުން ގެ ވޯޓަކަށް ގޮސް ވޯޓަކުން ފާސްކޮށްގެންނޭ އޭނާ އެ ދަތުރު ކުރަން ޖެހޭނީ މަހަކު 25 މިލިއަން ޑޮލަރު އެބަތަޅާލައޭ ރައީސް މީހާ އަދި ވަޒީރުން ވެސް ރާއްޖޭން ބޭރަށް ދަތުރު ކުރަން ޖެހޭނީ އެމެން އެކުރާ ޚަރަދު ތައް ރައްޔިތުންނަށް އަންގާ ރައްޔިތުންގެ ވޯޓަކުން އެކަން ފާސްކޮށްގެންނޭ އެކަން ކުރެވޭނެއޭ އޮންލައިން ކޮށް ވޯޓް ލައިގެން އެކަން ކުރަން ފެށުމުން އެއީ ސަގާފަތަކަށް ބަދަލުވެގެންދާނެއޭ ޔުނިވަރސިޓީގެ އެކި ކަންކަމަށް ވޯޓް ލަނީ އޮންލައިން ކޮށޭ އެގޮތަށް މިޒާތުގެ ކަންކަން ކުރެވޭނެއޭ ބޭނުމަކީ ޓެކްސް ދައްކާ މީހުންގެ ފައިސާ ސަރުކާރުން ހޭދަ ކުރާއިރު އަބަދުވެސް ރައްޔިތުންނަށް އެކަން އެގިގެންދިއުމޭ….

  10. ރައީސް އިބޫގެ ސަރުކާރުގެ ދަތުރު ފަތުރުގެ ސިޔާސަތުގައި ވެސް ހުރީޒާތީކަންކަމޭ މުޅިން ވެސް އެއީ ރޭވިގެން ދެކޮޅު ޖެހޭނެ އުސޫލުން ކުރާ ކަމެއް ނޫނޭ އާރުޓީއެލް ފެެރީގެ މާނަ ވެސް އިނގޭ ދިވެއްސަކު ނެތޭ އެންމެ ފުރަތަމަ ބާރަށް ދުވާ ލޯންޗް ފަހަރު ފެރީ ތަކެއްގެ ގޮތުގައި ބޭނުން ކުރަން ޖެހޭނީ އެންމެ ގިނަ އަދަދަށް މީހުން ދަތުރު ކުރާ މާލެ ސަރަހައްދުގައި ނޫންތޭ މާލޭގައި ދުއްވަން ގެނައި ބަސް ހީވަނީ ގެރި އުފުލަން ގެނައި ބަސްތަކެއް ހެންނޭ ނެތޭ އެއްވެސް ދިރާސާ އެއް ކުރެވިފައި ނެތޭ ނެތޭ ނެތޭ ނެތޭ މުޅިން ވެސް ޒާތީ ކަންކަމޭ ރައީސް އިބޫގެ ސަރުކާރުން ކުރަނީ މީ ކުރިން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަކަށް އުޅުނު އައްޑޫ އަންހެނެއް ކަމުގައިވާ ޝައުނާ މާލެ ދެކެ ހަސަދަވެރިވެގެން އޭނާ ކުރި ކަންކަމޭ މީގެ ސަބަބުން ގައުމު ބަނގުރޫޓް ވުން ނޫން ކަމެއް ނުވެއޭ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެއްގޮތަކަށް ވެސް ރަނގަޅު ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ ނުވެއޭ

  11. އުމަރުގެ ސިޔާސަތުގައި ވަރަށް ގިނަ ދާއިރާ ތައް އަންނިގެ ސިޔާސަތު ތަކަށް ދަނީ ކުރި ހޯދަމުންނޭ އެގޮތުން ބަލާއިރު އައްޑޫއަކީ މިނިވަން ވިޔަފާރީގެ މަންޒިލަކަށް ހަދާނެ ކަމަށް ބުނުން އެއީ އައްޑޫގެ ތަބީއަތާއި ގުޅޭ ކަމަކީ އައްޑޫ އަކީ އެއީ ފަތުރުވެރިކަމުގެ މަންޒިލެއް ނޫނޭ އައްޑޫ ބަޔަކު އެހެން ބުނި ނަމަވެސް ގުދުރަތީ ގޮތުން އެނިއުމަތް ނެތޭ އައްޑޫ އަށް ދެއްވާފައި ބަދަލުގައި އައްޑޫ އަކީ މިވަތަންގެ މައި ފެކްޓަރީގެ ގޮތުގައި ވަރަށް ފަސޭހައިން ހެދޭނެއޭ ދެކޮޅު ޖެހޭނެއޭ އައްޑޫ ގައި ކުރި އަރާނީ ފެކްޓަރީސް ތައް ހަދައިގެންނޭ އައްޑޫގައި ތާރީޚަށް ބަލާއިރު ވެސް އެކަން އައްޑޫ ގައި އިނގިރޭސިން ތިބި އިރުވެސް އެމެން ވަނީ އެކަން ސާބިތު ކޮށްދީފައޭ ދުނިޔޭގެ ހުރިހާ ގައުމު ތަކުން އަަައިސް އައްޑޫ ގައި ފެކްޓަރީސް ތައް ހަދައިގެން ރާއްޖެއަށާއި ރާއްޖޭން ބޭރަށް ވިއްކާނަމަ އެ ވެގެން ދާނީ މިގައުމު އުމްރާނީ ގޮތުން ތަރައްގީ ވެފައިވާ ގައުމުތަކުގެ ކުރީ ސަފަށް އަރާނެ ކަމަކަށޭ…

  12. ކުޑަ ކުއްޖަކު އޮފީހަށް ގެނެސް ގެން ތިޔާ އަނބުރާ ގޭސް ގަނޑަކީ އެއީ ފައިސާ ނުދީ އިޝްތިހާރުވާން ވެގެން ތިޔާ އަންހެން މީޙާ ކޮށްގެން އުޅޭ ކަމެއް ކަމަށޭ މަމެން ދެކެނީ މަމެން އެއްގޮތަކަށް ވެސް ތާއީދު ކުރާ ކަމެއް ނޫނޭ ވަޒީފާ އަށް ނިކުންނަން ވުމުން އެކި ޒާތްޒާތުގެ އުޒުރު ދައްކާ އެކަން ނޫސްތަކަށް ތިލަކޮށް މަސައްކަތް ނުކޮށް ސަރުކާރުގެ މުސާރަ ބަނޑު އެޅުން ސަރުކާރުގައި އުޅެން ބޭނުން ނެތިއްޔާ އިސްތިއުފާ ދީފައި ގެއަށް ކަނޑާލަންވީއޭ ވާވަރު މީހުން މިވަތަން ގައި އެބަތިއްބޭ އަންނަމީހާ އަންނަންވީ ދާމީހާ ދާންވީއޭ ނިމުނީއޭ މިބާބު ޖެހޭނީ ނިންމަން މިގޮތަށް…

  13. ވެރިކަން ކުރާމީހަކަށް ސުވަރުގެ ދެވޭނީ އުމަރު ޚަލީފާ ވަރަށް ރައްޔަތުންނަށް ތެދުވެރި ވަފާތެރި އަމާނާތް ތެރި ވެގެންނެވެ. ޢުމަރަށްވެސް ވާނެގޮތަކީ ވެރިކަމަށް ގެންނަން އިންވެސްޓްކުރާ އިންވެސްޓަރު (އުއްޗުނަމަވެސް ދެން އެހެން މީހެއްނަމަވެސް) އުމަރަށް ވެރިކަން ލިބުނީމާ އޭނާގެ އިންވެސްޓްމެންގެ ފައިދާ ބޭނުންވާނެއެވެ. ދެންތިބީ ސަޕޯޓްކޮށް ދާހިއްލައިގެން ރެޔާއި ދުވާލު ޢުމަރު ރައީސްކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުނެވެ. އެމީހުންގެ ތެރޭގައިވެސް ގިނަވާނީ ޢުމަރު ވެރިކަމަށް އާދެވިއްޖެނަމަ މަތީ ވަޒީފާއެކެވެ. އެހެޔޮ މަގުމަތީ ފެންފޯއްރުށް ކަނޑަން އުޅު އެސޮރުކަމުގައި ވިޔަސްވެހެވެ. ދެން ޢުމަރު ކިހިނެއް ސުވަރުގެ ދާނީ!!؟؟ ދެން ބަލަމާ ދޯ؟

  14. ޢުމަރާ ވަރަށް އިޙުތިރާމާއި އެކު ދަންނަވަމެވެ. ތި ފޮމިއުލާ ވޯކް ނުކުރާނެއެވެ. އެހެނީ ޕޕމ އާއި މޑޕީ ރާއްޖޭގެ 65 ވޯޓް ނަގާނެއެވެ. ދެން ކުރިމަތިލާ އެހެން މީހުންނަށްވެސް 1%ން 5%ން 10% ވޯޓް ލިބޭނެތާއެވެ. އެމީހުންގެ މުޢައްޒިފުންނާއި ތިމާގެ ޢާއިލީ މީހުންނާއި ކޮންމެވެސް ހެޔޮކަމެއް ކޮށްދީފާ އޮތުމުން ވެރިކަން ނުކުރެވޭވަރުގެ ކެންޑިޑޭޓެއްކަން އެނގި ހުރެވެސް ވޯޓް އެގޮތަށް ދޭނެއެވެ. ވީމާ ދެން ޢުމަރަށް ލިބޭނީ ކިތައް % ތޯ ވިސްނަވާލެއްވިންތޯއެވެ. ސެޕްޓެމްބަރު ނިމޭއިރު އެނގޭނެތާއެވެ.

  15. އުއްމީދު އުއްމީދޭ އުއްމީދޭ އުއްމީދޭ މީ މިވަތަންގެ އެންމެ ކަތުންނަށް ލިބިގެންދާ ދިވެހި އަސްލުލޭ ހުރި ދިވެހި ދަރި އަންނަނީއޭ ނަގާށޭ ބުންވަރު މިއުއްމީދުގައި އުޖާލާކަމާއި ފާގަތި ކަން ޖައްސާނީ ޖައްސާނީ ޖައްސާނީ ރައީސް ޔާމީނޭ އޮއޮއޮ އޮއޮއޮއޮ އޮއޮއޮއޮ އެއަންނަނީ ޔާންޓޭ ހުރިހާ ކަތުންނަށް މާލެ ސަރަހައްދުން ހިފެހެއްޓުމެއް ނެތި ގޯތި ދޭން ކެރޭ ހަމައެކަނި ރައީސް ޔާމީން ޔާންޓޭ އުޖާލާ ކުރާނެއޭ ފާގަތި ކުރާނެއޭ އެންމެ ކަތުންގެ އުއްމީދު ކުރާނެއޭ ކުރާނެއޭ ކުރާނެއޭ ކުރާނެއޭ ހިފާށޭ މަމެން އަތުގައި ނުވާނަމޭ މަމެން ވަރުބަލި ނަގާށޭ ބުންވަރު އުއްމީދު އާވަނީއޭ އުއްމީދު އާވަނީއޭ ހިފާ މަމެން އަތުގައި ހިފާ ހިފާ ހިފާ ހިފާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް