ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރައްވާނެކަމުގެ އިންޒާރު

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން ބޭނުންވާ އަދަދަށް މެންބަރުން ވަނީ ހަމަވެފައެވެ.

އާޒމް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަކުރަން މަސައްކަތް ފަށައިފިނަމަ ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމަށް އެ ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ ރައީސް ނަޝީދު ރައްޔިތުންނާއި ބައްދަލު ކުރައްވައި ހައެއްކަ ސްޕީޗު ދެއްވީމާ ވީ ގޮތް ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާނެ ކަމަށާއި މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި އެފަދަ ސްޕީޗުތައް ދެއްވަން ފަށްޓަވައިފިނަމަ ދެން ވަނޭ ގޮތް ވެސް އެމަނިކުފާނަށް މާބޮޑަށް ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރާކަށް ނުކުރޭނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް