އިންތިޚާބުތަކާ ދިމާކޮށް މަޝްރޫއުއެއް ނުހިންގަން: ރައީސް

Loading

Facebook
Twitter
WhatsApp

އެމަނިކުފާނަކީ އިންތިޚާބުތަކާ ދިމާކޮށް ކަންކަން ކުރައްވާ ބޭފުޅެއް ނޫންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިރިލަންދޫ އައު އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ މީގެ ކުރިން ސަރުކާރުތަކުން ކަންތައްތައް ކުރަނީ އިންތިޚާބުތަކާ ދިމާކޮށް ކަމަށާއި އެއީ ރިޔާސީ އިންތިޚާބު ކަމަށްވިޔަސް އެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ދިމަދިމާއަށް ކުރަންޖެހޭ ކަންތައްތައް ކޮށްފައިވާ ކަމަށެވެ.

އޭގެ ނަތީޖާއަކީ ރާއްޖެއަށް ލިބޭ އާމްދަނީއާ އަޅާބަލާއިރުގައި ރާއްޖެ ތަރައްގީވާންވީ ވަރަށް ނުވެ އޮތުން ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ވިސްނުން ތަފާތުކުރިން. އަޅުގަނޑުމެން މަސައްކަތް ރާވައި ކުރިއަށް މިގެންދަނީ ކޮންމެހެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ނޫނީވިއްޔާ މަޖިލީހުގެ އިންތިޚާބު އެއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫން.“ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ސަރުކާރުގެ ވިސްނުމަކީ ރާއްޖެ ތަރައްގީކޮށް ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ތިޔަބޭފުޅުން ނިންމަވާނީ ކުރިއަށް އޮތް ތަނުގައި ދެން ކަން ކުރަންވީ ގޮތް. ތަރައްޤީއަށްޓަކައި ކުރަން ފެށިފައި މިހުރި މަސައްކަތްތަކާއިގެން ކުރިއަށްދާނީތޯ، ނޫނީވިއްޔާ މަޑުޖެހި ތިބޭނީތޯ. ވަރަށް ސާފު. ތިޔަބޭފުޅުން އެކަން ނިންމަވާނީ ވިސްނުންތެރިކަމާ އެކީގައި.“

ރައީސް ޞާލިޙް މިހެން ވިދާޅުވި ނަމަވެސް މި ސަރުކާރުން ރަށްރަށުގައި ހިންގަން ގިނަ މަޝްރޫއުތައް އިއުލާނުކޮށްފައި ހުރީ އިންތިޚާބުތަކާ ދިމާކޮށެވެ. އޭގެ އެއް މިސާލަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް