އިދިކޮޅު ކޯލިޝަނުން ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފި

Loading

Facebook
Twitter
WhatsApp

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕުން މިއަދު ޖަމްޢިއްޔަތުއްސަލަފުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ކުރި ޓުވީޓެއްގައި ބުނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އެދިލެއްވި އެދިލެއްވުމަކަށް އެ ކޯލިޝަންގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ސަލަފު ޖަމްޢިއްޔާގެ އޮފީހުގައެވެ.

ޕީޕީއެމްއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމަކީ އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

ރިޔާސީ އިންތިޚާބާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި އިދިކޮޅު ކޯލިޝަނުން ވަނީ ސަލަފުގެ އިސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަޙްމަދު ސަލީމާއި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް ޢުމަރާއި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ސަލަފުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ޖަމްޢިއްޔާގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމާއި ޝައިޚު އަޙްމަދު ސަމީރާއި ޑރ.ޢަލީ ޒާހިރު ހިމެނިވަޑައިގަންނަވައެވެ.

Loading

One Response

  1. ދީނޭ ދީނޭ ކިޔައިގެން މިއީވެސް ހަމަ ޑިމޮކްރަސީގެ ޕާޓީ ސިސްޓަމަށް އުޅޭ ސިޔާސީ ޕާޓީއެއްދޯއެވެ؟ މިތިބީ ހަމަ އަދާލަތަށް ވެފައެވެ. ދުނިޔެއަށް އާޚިރަތް ވިއްކައިގެން ތިބެ މީހުނަށް ދީން ކިޔައި ނުދޭށެވެ. ތިޔަ އުޅެނީ ހަމަ މަގާމާއި ޖާހަށްޓަކައެވެ. ދީނާ ތިޔަ ބައިގަޑަކާއި ގުޅުމެއްނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް