ރައީސަކީ  ކޮން ބޭފުޅެއްކަން ޔަގީން ކުުރުމަށް އިދިކޮޅުން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމާ ދެ ބޭފުޅުންގެ ތެރެއިން މިހާރު ގާނޫނީ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން ޔަގީން ކުުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް ޞާލިޙް ސިންގަޕޫރަށް ވަޑައިގެން އޮޕަރޭޝަނެއް ކުރެއްވި ވަގުތުގައި ނައިބު ރައީސް ފައިޞަލް ވަނީ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވަން ރައީސްކަމުގެ ހުވާ ކުރައްވައިފައެވެ. 

އެ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު 6:00 ގައި ނައިބު ރައީސް ފައިޞަލް ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގަތުމަށްފަހު, ރައީސް ޞާލިޙް އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނުގެ 09:30 ގައެވެ.

ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ކޯޓުން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅުގެ ގާނޫނީ ޓީމުން ވިދާޅުވީ ނައިބު ރައީސް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހުވައި ކަމަށްވާއިރު, އިބްރާހިމް މުޙައްމަދު ޞާލިޙަށް މަގާމުގައި މިހާރު ހުންނެވޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ.

މައުލޫމާތު ދެއްވަމުން ވަކީލު އަޙްމަދު ސިއްދީޤު ވިދާޅުވީ ފައިޞަލް ކުރެއްވި ހުވަޔަކީ ގާނޫނުއަސާސީގައި ކުރައްވަން އޮތް ހުވައެއްތޯ ސާފުކުރުމަށްޓަކައި ގާނޫނު އަސާސީ މާނަކުރުމަށް ހުށަހެޅި މައްސަލައިގައި އެދިފައިވާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މެދުގައި މިހާ ބޮޑު އޮޅުމެއް އުފެދިފައިވާއިރު, ހުވައި ކުރެއްވި ގާނޫނީ މާއްދާ ރަނގަޅަށް މާނަކޮށްދިނުމަކީ ސްޕްރީމް ކޯޓުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވެސް ސިއްދީޤު ވިދާޅުވިއެވެ.

މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އަދި މައްސަލަ ބަލައެއް ނުގަނެއެވެ. މީގެ ކުރިން ވެސް މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އޭރު މައްސަލަ ބަލައިގަނެފައެއް ނުވެއެވެ.

ފޮޓޯ: ޕީޕީއެމް

Loading

One Response

  1. ވަގުތު ބޭކާރުކުރުން. އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ކުރެއްވި ކަމެއްގެ ގާނޫނީ ތަރުޖަމާ ހޯދަން ސްޕްރީމް ކޯޓަށް. ބޯގޮވަންވެސް ވާނީ ވަކިވަރަކަށް..

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް