ދިވެއްސެއްގެ މަސްލަހަތު ނެތްނަމަ ޑްރަގް އެެތެރެކުރާ ބިދޭސީންގެ މައްސަލަ ބެލުމުގެ ބޭނުމެއް ނެތް: ޕީޖީ

Loading

Facebook
Twitter
WhatsApp

ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެެތެރެކުރާ މައްސަލަތަކުގައި ދިވެއްސެއްގެ މަސްލަހަތު ނެތްނަމަ, އެ މައްސަލަ ބަލައި ތަހްގީގު ކުރުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ މި މަހުގެ ހަވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކުރަން އުޅުނު ބްރެޒިލްގެ އަންހެނަކު ވަގުތުން އަނބުރާ ފޮނުވައިލި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

 ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ހުރުމުގެ ހުއްދައަކީ އިމިގުރޭޝަނުން ދޭ ހުއްދައެއް ކަމަށާއި ރާއްޖޭގައި ހުރުމަކީ ބިދޭސީއަކަށް ލިބޭ ހައްގެއް ނޫން ކަމަށެވެ. އަދި އެ ހައްގަކީ ދިވެހިންނަށް އެކަނި ލިބޭ ހައްގެއް ކަމަށާއި ހަމަ އެގޮތަށް އެހެން ގައުމުތަކުގައި ވެސް އެހެނިހެން ގައުމުތަކުގެ މީހުން ތިބުމަކީ އެ ބަޔަކަށް އޮންނަ ހައްގެއް ނޫން ކަމުގައެވެ.

މީގެއިތުރުން ޝަމީމް ވިދާޅުވީ “ވަކި ކަހަލަ ކުށްތަކެއްގައި ހިމެނޭ ބަޔަކު“ ނޫނީ ދައުލަތުން ހަރަދުކޮށްފައި ރާއްޖޭގައި ބޭތިއްބުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށެވެ.

އަދަބު ދިނުމުގެ ބޭނުމަކީ ރިހެބިލިޓޭޓް ކުރުމާއި, މުޖުތަމައު ސަލާމަތް ކުރުމާއި ކުށް ކުރީމަ އަދަބު ލިބޭކަން އެހެން މީހުންނަށް ދެއްކުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ބިދޭސީއަކު ޖަލުގަ ބަހައްޓައިގެން މި ތިން ކަންތަކުގެ ތެެެރެއިން ދެ ކަންތަކެއް ހާސިލެއް ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެއީ އަދަބު ދިނުމުގެ މުޅި ފިލޯސަފީއަށް ބަލާއިރު ވެސް މާ ހަމަޖެހޭ ކަމަކަށް ނުވާ ކަމަށެވެ.

ނަމަވެސް ބިދޭސީއަކު ދިވެއްސަކު މަރާލައިގެން ނޫނީ ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް އަނިޔާކޮށް ވަރަށް ބޮޑެތި ގެއްލުން ދިން މައްސަލައެއް ކަމަށްވާނަމަ އޭނައަށް އަދަބުދީ އެ އަދަބު ތަންފީޒު ކުރުމަކީ މަސްލަހަތު އޮތް ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ ބިދޭސީއަކު އިސްލާހުކޮށްގެން އަނބުރާ މުޖުތަމައުއަށް ގެނައުމަކީ މާ މުހިންމު ކަމެއް ނޫން ކަމަށާއި އެއަށްވުރެ މާ ބޮޑަށް ދިވެއްސަކަށް އެ ޚަރަދުކޮށްގެން އެ މީހަކު ރަނގަޅުކުރެވޭތޯ ބެލުން މާ ބޭނުންތެރިކަމަށް ޝަމީމް ވިދާޅުވިއެވެ.

“މިސާލަކަށް ބައެއް ގައުމުތަކުން އެބަ އާދޭ ޓްރާންސިޓް ފަސިންޖަރުންގެ އަތުގައި ހުންނަ މަސްތުވާތަކެތި ނޫނިއްޔާ ރާއްޖެއިން މި އަންނަ ބިދޭސީން މި ގެންނަ މަސްތުވާތަކެތި. އަޅުގަނޑުމެން އެ މީހާ ރާއްޖެ ގެނެސްގެން އެ މީހާއާއި ދިވެއްސަކާ ގުޅުމެއް ނެތީވިއްޔާ އެ މައްސަލަ ބަލައި ތަހްގީގު ކުރުމުގެ މާ ބޮޑު މަސްލަހަތެއް ނެތް.“

އެ ގޮތުން ބަލާއިރު ބްރެޒިލްގެ އަންހެން މީހާ ފޮނުވައިލި މައްސަލައަކީ މާބޮޑު ގާނޫނީ މައްސަލައެއް އޮތް ކަމެއް ވެސް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ބްރެޒިލްގެ އަންހެން މީހާ ފޮނުވައިލީ ފޮނުވައިލީ ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

Loading

4 Responses

  1. ބިދޭސީންގެ އަތުން ދިވެހިންނަށް ލިބޭގޮތް ފަހިކުރާވާހަކަދޯ ހުރިހާނުބާކަމެއް ކުރުމަށް މިސަރުކާރު އޮތީ ހުޅުވާލާފަ

  2. Aslu prosecutor ekey kiyaafa meehaku behehtumakee ves maabodu maslahatheh oiy kameh noon. Masthuvaa thakethi raajjeah kilo kilo in etherevamun dhaa dhiyun nuhuhtuvey iru keehkuran musaara dheefa bahahtaan jehey meehehtha mee.

  3. މީތި ގޯހެއްނޫން. ދިވެހިންވެސް އިސްލާހު ނުވެގެން އުޅޭއިރު އަދި ބިދޭސީން އިސްލާހުރަން ޖެހޭތަ. ބިދޭސީ މީހާ ޖަލުގައި ބެހެއްޓީމާ ދެން މަސްތުވާތަކެތި ރާއްޖެއަށް ގެނައުން ހުއްޓޭނެތަ ! މިހާރުވެސް މިއުޅެނީ ގިނަ ކަންތައްތައް ސަބަބުވެރި ވިސްނުމަކުން ބަލާއިރު ސާބިތުކުރެވޭނެ ހެކި ނުލިބިގެން. ޖަލުގައި ތިބި ދިވެހިންލައްވާވެސް މަސައްކަތް ކުރުވަންވީ އެމީހުންނަށް ކުރަންޖެހޭ ޚަރަދުތައް ފޫބެއްދޭވަރަށް. މީގައި އޮތް މައްސަލައަކީ ބަޖެޓަށް އިތުރުވާ އެއްޗަކުންވެސް ރައްޔިތުންނަށް ކުރާ މަންފާއެއް ނޯންނާތީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް