ޒިޔަދަމްގެ މަރު: ޝަނޫން މެރުމަށް, ސިފާމް އުމުރަށް ޖަލަށްލުމަށް ހުކުމް އިއްވައިފި

Loading

Facebook
Twitter
WhatsApp

ލ.މުންޑޫ ނޫވިލު, ޢަލީ ޒިޔަދަމް މަރައިލި މައްސަލައިގައި މުޙައްމަދު ޝަނޫން މެރުމަށް އަދި ޢަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވައިފިއެވެ.

މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރައިލީ މީގެ 07 އަހަރު ކުރިންނެވެ.

މި މައްސަލައިގައި ދައުވާ އުފުލީ މުންޑޫ ހީނާވިލާ, މުޙައްމަދު ޝަނޫންއާއި އެ ރަށު ބީޗުވިލާ ޢަލީ ސިފާމްގެ މައްޗަށެވެ.

އެ ދެ މީހުން ދައުވާއަށް އިންކާރު ކުރި ނަމަވެސް މިދިޔަ ޑިސެމްބަރުމަހު ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައިފައެވެ.

ކޯޓުން ކަނޑައެޅުއްވީ ޝަނޫންގެ މައްޗަށް ޒިޔަދަމް މަރައިލިކަމުގެ ކުށް ސާބިތުވާ ކަމަށާއި ސިފާމްގެ މައްޗަށް ޒިޔަދަމް މަރައިލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާ ކަމަށެވެ.

ގަސްދުގައި މީހަކު މެރި މައްސަލައަކަށްވާތީ އަދަބު ކަނޑައެޅޭނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމަށްފަހުއެވެ.

އެހެންވެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ޒިޔަދަމްގެ ވާރިސުންގެ ބަސް ހޯދައިފައެވެ.

ޒިޔަދަމްގެ ބައްޕަ ހިމެނޭހެން މިހާރު ދުނިޔޭގައި ތިބި ނުވަ ވާރިސުން ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ. ޒިޔަދަމް މަންމަ ދުނިޔޭގައި ހުރިއިރު ފުލުހުންނަށް ދިން ބަޔާނުގައި ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވެވީ ޝަނޫން މެރުމަށެވެ. އަދި ސިފާމްގެ މައްޗަށް ކުށް ސާބިތުވީ އެންމެ މަތީ ދަރަޖައިގައި ކަމަށްވާތީ ހުކުމް އިއްވެވީ 25 އަހަރަށް އޭނާ ޖަލަށްލުމަށެވެ.

ޝަނޫން އަދި ސިފާމް. ފޮޓޯ: ސަން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް