އެމްއެމްޕީއާރުސީގެ ޚިޔާނާތް: މޭޖަރ ނަވީންގެ މައްޗަށް 6 ދައުވާއެއް ކުރަން ފޮނުވައިފި

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެމްއެންޑީއެފްގެ މޭޖަރ އިބްރާހިމް ނަވީން ޒުބައިރުގެ އެކައުންޓަށް 100,000 އެމެރިކާ ޑޮލަރު ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ. 

މި މައްސަލައިގައި އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި, ރިޝްވަތު ލިބިގަތުމަށް އެދުމާއި, ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި, މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ އިތުރުން ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. 

ހަމައެއާއެކު މި މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ  $100,000.00 އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް އޭސީސީން ވަނީ އަންގަވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް