އިނގިރޭސި ރާނީ ފަސްދާނު ލެވިއްޖެ. އަޅުވެތިކުރެވުނު ފަރާތްތަކުން ބަދަލު ބޭނުންވޭ! 

ދުނިޔޭގައި އިސްތިއުމާރު ކުރެވިފައިވާ ގައުމުތަކުގެ އަސްލު ވަޒަންވެރިންގެ އިޙުސާސްތައް އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވުމާއި ގުޅިގެން އެއްވެސް ހިފޭއްޓުމެއްނެތި ބަންޑުންވެގެން މިދަނީ ކީއްވެގެންބާވައެވެ؟  އެކަމަނާ ދުނިޔޭގައި ހުންނެވިއިރުވެސް އެމީހުން އެ އިޙުސާސްތައް ކުރަމުންގެންދާނެއެވެ. ކޮންމެވެސް ވަރަކަށް އެމީހުންގެ ޙާލަތު ހާމަކުރަމުންވެސް ގެންދިޔައެވެ. އެހެންނަމަވެސް ކުއްލިއަކަށް މި ފެންނަންފެށި ބަދަލަކީ ނުވަތަ ކުއްލިއަކަށް އެމީހުންނަށް މިލިބުނު ހިތްވަރުގެ އަސްލަކީ ކޮބައިބާވައެވެ.  އިނގިރޭސީ ރާނީ އެލިޒަބަތުގެ ހަރުކަށި ސިޔާސަތާމެދު ޖެހިލުންވެފާ ތިބީ ބާވައެވެ؟ އެމީހުންގެ ރުއިންތަކަށް ރަސްގެފާނު ޗާލްސްގެ ވެރިކަމުގައި […]

ނިއުކުލިއަރ ހަތިޔާރު ބޭނުންކުރަން  ފަސްނުޖެހޭނަން – ޕުޓިން 

ބައިނަލް އަގްވާމީ މީޑިއާތަކުން މިހާރު ލިބެމުންދާ ޚަބަރު ތަކުގައި އެންމެބޮޑަށް ފާހަގަކޮށްފައިވަނީ ރަޝިޔާގެ ބައެއް ރިޒާވް ސިފައިންގެ ފައުޖުތައް ހަނގުރާމައަށް ނެރުމަށް ރަޝިޔާގެ ރައީސް ޕޫޓިން އަމުރުކުރެއްވި ވާހަކައެވެ.  ބައެއް މީޑިއާއިން ދެކޭގޮތުގައި ރައީސް ޕޫޓިން މިގޮތަށް ނިންމެވުމުގެ އަސްލަކީ 7 މަސްދުވަސް ފާއިތުވެގެން މިދާ ޔޫކްރެއިންގެ ހަނގުރާމަ ރަޝިޔާއިން ބޭނުންވާގޮތަށް ކުރިއަށް ނުދިއުމާއި އަދި ފާއިތުވެގެން މިދާ ދުވަސްތަކުގައި ހަނގުރާމައިގެ މައިދާނުން ރަޝިޔާއަށް ލިބެމުންދާ ގެއްލުންތަކެވެ.  މިއަދު ހެނދުނު ޓީ. ވީ. މެދުވެރިކޮށް ވާހަކަ ދައްކަވަމުން […]

ތުރުކީ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރަނީ 

ތުރުކީ ރަސްމީ މީޑިއާތަކުން ޚަބަރުދޭގޮތުގައި ނޭޓޯގެ މެމްބަރެއްގެ ގޮތުގައިވެސްއޮތް ތުރުކީން މިހާރު އެސް.ސީ.އޯ. (ޝެންގހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން) ގެ މެމްބަރުކަން ހޯދަން ބޭނުންވާ ކަމުގައެވެ.  އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއް ފެށުމުގެ ކުރިން އުޒުބަކިސްތާނުގައި އޮތް އެސް.ސީ.އޯ. ގެ  އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރި ވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ވިދާޅުވީ އެސް. ސީ. އޯ. ގެ ގައުމުތަކާއެކު އަހަރެމެން މިއަޅާ ފިޔަވަޅުތަކުން ގައުމުތައް ކުރިއެރުމުގައި އިތުރު އުސްމިނަކަށް ދެވޭނެ ކަމަށް އުންމީދު ކުރެވޭކަމަށެވެ.  ތުރުކީއަކީ މިހާރު އެސް. ސީ. އޯ. […]

އެއްޖިންސުން ގުޅުން ހިންގުން މަނާކުރާނަން – ތުރުކީ

ބައިނަލް އަގްވާމީ މީޑިއާތައް ޚަބަރުދޭގޮތުގައި އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުން ހުއްދަނުކުރުމަށާއި އެކަމަށް ވަކާލާތުކުރާ ހަރަކާތްތަކާއިއޭޖެންސީތައްވެސް ބަންދުކުރަން ގޮވާލާ “ ދަ ބިގް ފެމިލީ ގެދަރިންގ “ ގެނަމުގައި އެތައް ހާސްބަޔަކު ތުރުކީގެ ރަށްތަކުގައި އަޑުއުފުލަމުން އެބަގެންދެއެވެ.  މި މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުމާއި އެކަންކަމަށް ވަކާލާތުކުރަން ހިންގާ ހަރަކާތްތައްވެސް  މަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނު ވުޖޫދު ކުރަން އެދި މަޖިލީހަށް ހުށައެޅުމަށްޓަކައި މިހާތަނަށް ދެލައްކައާއި ގާތްކުރާ އަދަދެއްގެ ރައްޔިތުންގެ ސޮއި ލިބިފައިވާ ކަމަށެވެ.  މުޒާހަރާގައި ބައިވެރިވާ މީހުންގެ […]

ރަސްގެފާނު ޗާލްސް ވަޑައިގެންފިނަމަ ބަހުގައި ދަތުރުކުރާކަށް ނުޖައްސާނަން 

ރަސްގެފާނު ޗާލްސް ގަލްފުގެ ގައުމަކަށް ވަޑައިގެންފިނަމަ އެ ރަސްގެފާނު ދަތުރުކުރައްވާނީ ބަހެއްގެ ފަހަތު ސީޓްގައި ނޫންކަމްށް އެރަބި ލީޑަރުން ވިދާޅުވެއްޖެއެވެ. އިންޒާމުތައް އެގޮތަށް ހަމަޖެހިފައިއޮތުމުން ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ގަލްފު ގައުމުތަކުގެ ވެރިން އަދިވެސް ވަކިގޮތަކަށް ނުނިންމަވާކަމަށް ބައެއް މީޑިއާތަކުން އެބަބުނެއެވެ.  އިރުމަތިން އޮމާނުން ފެށިގެން ހުޅަނގުން މަޣްރިބާއި ހަމަޔަށް ހިމެނޭ އިސްލާމީ ގައުމުތަކުގެ ވެރިން ގެންދަވަނީ ރާނީ އެލިޒަބަތުގެ ޖަނާޒާ ގެ ކަންތައް ވަރަށް ކައިރިން ބައްލަވަމުންނެވެ. އެހެންނަމަވެސް ބައެއް ބޭފުޅުން ލަންޑަނަށް ދަތުރު ކުރައްވާ ފާނެކަމަކަށް ނުބެލެވެއެވެ.  އެބޭފުޅުންގެ ދަތުރުފުޅާބެހޭ ޕްރޮޓޮކޯލް ހަމަޖެހިފައިވާ ގޮތާމެދު ދީނީ ނަޒަރަކުން ބައްލަވާފައި ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަހަލައެވެ. އެ […]

އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެންމެ ފަހުގެ އިންޒާރު އިންޑިއާއަށް 

އިންޑިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ ހިންގުމަށް ދިމާވެފައިވާ މައްސަލަތައް  ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ޙައްލު ނުކޮށްފިނަމަ އިންޑިއާގެ ނަމުގައި ނުވަތަ އިންޑިއާގެ ދިދަ ބޭނުންކޮށްގެން ބައިނަލް އަގްވާމީ އެއްވެސް ކުޅިވަރު މުބާރާތެއްގައި އިންޑިއާގެ އެތުލެޓުންނަށް ބައިވެރިނުވެވޭނެކަމަށް އެ ކޮމިޓިން އިންޑިއާއަށް އިންޒާރު ދީފިއެވެ. އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ބޯޑުގެއެންމެ ފަހުގެ އިންޒާރު ބިނާކޮށްފައިވަނީ އިންޑިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީއަށް ދިމާވެފައިވާ އެތެރޭގެ ފުށުން އެރުންތަކާއި ހިންގުމުގައި ދިމާވެފައިވާ އުނިކަމާއި އަދި ކުރިއަށްދާ ކޯޓުކޭސް ތަކުގެ މައްޗަށެވެ.       […]

ގަލްފު ސަރަހައްދުގެ ސިޔާސަތު ބަދަހިވަނީ!

ފާއިތުވެގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި ސައޫދީ އެރޭބިޔާއާއި އީރާނާ ދެމެދު ފަސްފަހަރެއްގެ މަތިން ވަރަށް މަތީ ފެންވަރުގައި ބައްދަލުވުން ބޭއްވިފައިވީނަމަވެސް އެ ދެގައުމުގެ ޒަމާންވީސިޔާސީ ދެކޮޅުވެރިކަމާހުރެ ބައިނަލް އަގްވާމީ މީޑިއާއިން އެއްވެސް ސަމާލުކަމެއް ދީފައިނުވާތީ އެކަމާދޭތެރޭ އީރާނުގެ ރައީސް އިބްރާހިމް ރައީސީ ހައިރާންވެ ވަޑައިގަންނަވާކަމަށް ވިދާޅުވެއްޖެއެވެ. ހަމަ އެއާއެކު އެ ބައްދަލުވުންތައް އިންތިޒާމް ކޮށްދީފައިވާލެއް ފުރިހަމަކަމަށްޓަކައި އިރާގު ސަރުކާރަށް ތަޢުރީފް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.  “ އިރާގު ސަރުކާރުގެ އިސްނެގުމާއެކުކުރެވެމުން މިދާ މަސައްކަތުން ގަލްފު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަށާއި ބޭރުގެ ނުފޫޒޫން އެއްކިބާވެ […]

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ ފަގީރު ގައުމުތަކަށް 

ސައެންސް ވެރިންނާއި ތަރައްގީވެފައިވާ ގައުމުތަކުންވެސް އެއްބަސްވެފައިވަނީ މޫސުމީ ކާރިސާތައް ފެށިގެން އަންނަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ކަމުގައެވެ. އެކަމަކު އެ ވިހަ ގޭސްތައް ޖައްވަށް ދޫކުރަނީ ކޮންބައެއް ހެއްޔެވެ؟ ތަރައްގީ ވެފައިވާ ގައުމުތަކުންނެވެ.  އަދިވެސް ބޮޑަށް ތަރައްގީ ވުމުގެ ބޭނުމުގައެވެ. އަގު އަދާކުރަން މިޖެހެނީ ފަގީރު ގައުމުތަކުގެ ރައްޔިތުންގެ ފުރާނައާއި ގެދޮރާއި މުދަލުންނެވެ. މި ނޫން ދުވަހެއް ފެންނާނެހެއްޔެވެ؟ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑީ އަބަދުވެސް ފަގީރު ގައުމުތަކަށެެވެ. މޫސުމާބެހޭ ތަޖްރިބާކާރުންގެ ނަޒަރުގައި ޕާކިސްތާނަށް ދިމާވެގެންއުޅޭ ފެންބޮޑުވުމުގެ ކާރިސާއަކީ ޖައްވަށް މެދުވެރިވަމުންދާ […]

ޔޫރަޕްގެ ގައުމުތަކުގައި ހަކަތަ ބޭނުންކުރުން ރޭޝަންކުރަން ވިސްނަނީ

މި ފެށޭ ފިނިމޫސުމުގައި ޔޫރަޕްގެ ގައުމުތަކުގައި ހަކަތަ ރޭޝަންކުރުންނޫން އެހެންގޮތެއް ފެންނާން ނެތްކަމަށް ހީކުރެވެން ފަށައިފިއެވެ. ބޯލްޓިކް ކަނޑުތެރޭންލާފައި ޖަރުމަނަށް ހަކަތަ ފޮނުވަން އަޅާފައި އޮންނަ ނޯޑް ސްޓްރީމް ޕައިޕްލައިން ބަންދުކުރުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ދެން ހަކަތަ ފޮނުވޭންއޮތް ހަމައެކަނި ދެ ވަސީލަތަކީ  ޔޫކްރެއިން ތެރެއިން އަޅާފައި އޮތް ޕައިޕްލައިނާއި ބޯލްޓިކްސީގެ ތެރެއިން އަޅާފައިއޮތް ތުރުކްސްޓްރީމް ޕައިޕްލައިނެވެ.  މީގެ ތެރެއިން ޔޫކްރެއިންގެ ތެރެއިން އަޅާފާ އޮތް ޕައިޕްލައިނުން ހަކަތަ ފޯރުކޮށްދިނުން އޮތީ ވަރަށް ބޮޑަށް މަދުކޮށްލާފައެވެ. ހަކަތަ ފޯރުކޮށްދޭން އަޅާފައިއޮންނަ ނޯޑް ސްޓްރީމް ޕައިޕްލައިން […]

އީރާނުގެ ގިނަ ރަށްތަކެއް ސެކިއުރިޓީ އެލާރޓްގައި

ފާއިތުވެގެންމިދާ ދުވަސްތަކުގެތެރޭގައި އެމެރިކާއާއި އީރާނުގެ ވެށި މާބޮޑަށް ނުތަނަވަސް ވުމާގުޅިގެން އީރާނުގެ ފަންސާހަކަށް ސިޓީއާއި ޓައުންތަކުގައި ބޭރުން އަތުވެދާނެ ނުރައްކަލުން އިންޒާރު ލިބިގަތުމުގެ ސިވިލް ޑިފެންސް ވަސީލަތްތައް ގާއިމްކޮށްފިއެވެ.  އީރާނުގެ ދިފާޢީ ވަޒީރުގެ ނައިބު ޖެނެރަލް މަޙުމަދީ ފަރާޙީ ވިދާޅުވީ މިޒަމާނުގައި ގައުމަކާ ދިމާކުރުންވެސް މިއޮންނަނީ އެގައުމެއްގެ ހަކަތައާއި ގާބިލުކަން ހުރި މިންވަރެއްގެ މައްޗަށް ބިނާކޮށެވެ. އީރާނަށް ނުރައްކާތެރި ޙަމަލާތައް މެދުވެރި ކުރުވާނީ މިވެނި ގައުމަކުންނޭ ވިދާޅުވެ ވަކި ގައުމެއްގެ ނަން އީރާނުގެ ވަޒީރު ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް ހަނގުރާމާގައި އާންމުކޮށް ބޭނުންކުރާ […]