ރަސްގެފާނު ޗާލްސް ވަޑައިގެންފިނަމަ ބަހުގައި ދަތުރުކުރާކަށް ނުޖައްސާނަން 

Facebook
Twitter
WhatsApp
49F9D6F7-6733-43BF-987F-6BEDBD10535D

ރަސްގެފާނު ޗާލްސް ގަލްފުގެ ގައުމަކަށް ވަޑައިގެންފިނަމަ އެ ރަސްގެފާނު ދަތުރުކުރައްވާނީ ބަހެއްގެ ފަހަތު ސީޓްގައި ނޫންކަމްށް އެރަބި ލީޑަރުން ވިދާޅުވެއްޖެއެވެ. އިންޒާމުތައް އެގޮތަށް ހަމަޖެހިފައިއޮތުމުން ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ގަލްފު ގައުމުތަކުގެ ވެރިން އަދިވެސް ވަކިގޮތަކަށް ނުނިންމަވާކަމަށް ބައެއް މީޑިއާތަކުން އެބަބުނެއެވެ. 

އިރުމަތިން އޮމާނުން ފެށިގެން ހުޅަނގުން މަޣްރިބާއި ހަމަޔަށް ހިމެނޭ އިސްލާމީ ގައުމުތަކުގެ ވެރިން ގެންދަވަނީ ރާނީ އެލިޒަބަތުގެ ޖަނާޒާ ގެ ކަންތައް ވަރަށް ކައިރިން ބައްލަވަމުންނެވެ. އެހެންނަމަވެސް ބައެއް ބޭފުޅުން ލަންޑަނަށް ދަތުރު ކުރައްވާ ފާނެކަމަކަށް ނުބެލެވެއެވެ. 

އެބޭފުޅުންގެ ދަތުރުފުޅާބެހޭ ޕްރޮޓޮކޯލް ހަމަޖެހިފައިވާ ގޮތާމެދު ދީނީ ނަޒަރަކުން ބައްލަވާފައި ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަހަލައެވެ. އެ ސަރަޙައްދުގެ ރަސްކަލުންނާއި ރައީސުން ބަހެއްގައި ދަތުރުކުރައްވާފައި ވެސްޓްމިންސްޓަރއަށް ވަޑައިތުމަށް އެބޭފުޅުން ހިތްހަމަ ޖެހިވަޑައެއް ނުގަންނަވާ ކަމަށް ވިދާޅުވެއެވެ. އަދި ރާނީ އެލިޒަބަތާއި ދޭތެރޭ މާބޮޑު ގުޅުމެއް ނެތަސް ކޮމަންވެލްތުގެ ބޭފުޅަކަށްވީތީ ބަހުގެ އިސް ސަފުން ޖާގަދިނުމަށްފަހު ގަލްފުގެ ލީޑަރުންނަށް ފަހަތު ސީޓުން ޖާގަހަމަޖެއްސުމަކީ ބަލާގަނެވޭކަމަކަށް ނުވެއެވެ. އަދި އިޒްެރާއީލް، ފަަރަންސޭސި، އެމެރިކާ ގެ ރައީސުންނަށް ރަސްމީ ކާރުކޮޅުގައި ވަޑައިގަންނަވާ ގޮތަށް އޮތުމުން އެބޭފުޅުންނަށް އެކަން އެގޮތަށް ބަލައި ގަންނަން މާބޮޑަށް ދަތިފުޅުވަނީ ކަމުގައެވެ.                                                                 

ކުވޭތާއި ޔުނައިޓެޑް އެރެބް އެމިރެޓްސް އަދި ސައޫދީ އެރޭބިޔާއިން ލަންޑަންގެ މިބޮޑު ރަސްމިއްޔާތަށް ފޮނުވާނެ ވަފްދެއްވެސް މިހާތަނަށް ކަނޑައަޅުއްވާފައެއް ނުވެއެވެ. ކުވޭތުން ވަލީއަޙުދު ޔޫ.އޭ.އީ. އިން ނައިބު ރައީސް އަދި ސަޢޫދީ އެރޭބިއާގެ ވަލީއަޙުދު ވަޑައިގަންނަވާފާނެކަމަށް ބެލެވެއެވެ. ޢިއްޒަތްތެރިން ވަޑައިގަންނަވަން ހަމަޖެހިފައިވާ 48 ގަޑި އިރަށް ކުޑަވެގެންދާއިރު ޖަމާލް ޚަޝޯގީގެ މަރަށްފަހު  މުޙައްމަދު ބިން ސަލްމާނު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ މި ދަތުރުފުޅު އަދިވެސް ކަށަވަރު ކޮށް ނުދެއްވައެވެ. 

މުޙައްމަދު އިނގިރޭސިވިލާތަށް ވަޑައި ނުގެން އަމިއްލަ ޙައިސިއްޔަތުން ރަސްގެފާނަށް ތައުޒިޔާ ކިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ރަސްގެފާނު ޗާލްސް އަކީ ރާނީ އެލިޒަބަތަށްވުރެން ބޮޑަށް ސައޫދީ އެރޭބިއާ އާއި ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ވަލީއަޙުދު މުޙައްމަދުގެ ސިޔާސަތުގައި ލަންޑަނާއި ރިޔާޒުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. 

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަދި ޔޫރަޕިއަން ޔުނިއަންގެ ރައީސް ޗާލްސް މިޝެލް ވަލީ އަޙުދު މުޙައްމަދު އާއި ބައްދަލު ކުރައްވައި ދުނިޔެއަށް ދިމާވެފައިވާ ހަކަތައި މައްސަލަ ޙައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަށްވާފައި ވެއެވެ. 

އެހެންނަމަވެސް ސަޢޫދީ އެރޭބިޔާއިން މިހާތަނަށްވެސް އެބޭފުންގެ އެދިވަޑައިގަތުމަށް އެދެވޭ ޖަވާބެއް ނުދެއްވައެވެ. ރަސްގެފާނު ޗާލްސްގެ ވެރިކަމުގައި އެ ގުޅުން އަލުން ރަނގަޅުވާނެ ކަމަށް ބެލެއެވެއެވެ. 

ޕްރިންސް އޮފް ވޭލްސް ގެ ޙައިސިއްޔަތުން ވެސް ޗާލްސް ބާރަފަހަރު ސަޢޫދީ އެރޭބިޔާއަށް ވަޑައިގެންފާވެއެވެ. އަދި އެބޭފުޅާއަކީ ގަލްފު ސަރަޙައްދުގެ ގައުމުތަކުގެތާރީޚާއި އާދަކާދައާއި ސަގާފަތާމެދު ރަނގަޅު ވިސްނުމެއް ގެންގުޅުއްވާ ބޭފުޅަކުކަމުގައިވެސް ވަނީ ބަލާގަނެވިފައެވެ. ހަމަ މިމޭރުމުން ރަސްގެފާނު ޗާލަސް އަކީ އިސްލާމްދީނާ މެދުވެސް ވަރަށްބޮޑު ޝައުގުވެރިކަމެއް ދެއްވައި އަރަބި ބަސްވެސް ކޮންމެވެސް ވަރަކަށް ދަސްފުޅު ކުރައްވާފައިވާ ބޭފުޅެކެވެ.      

ރިޔާޒުގައި ހުންނަވާ އިނގިރޭސި ވިލާތުގެ ކުރީގެ ޑިޕްލޯމެޓަކު ވިދާޅުވީ ފާއިތުވެގެންދިޔަ ދުވަސްތަކުގައި ޗާލަސްވަނީ ގަލްފު ސަރަޙައްދުގެ ލީޑަރުންނާއިއެކު ވަރަށް ގާތް އެކުވެރިކަމެއް އުފައްދަވާފައެވެ. މި ސަބަބަށްޓަކައި  ދުނިޔޭގެ އެހެންލީޑަރުންނަށް އަރަބިންނާއެކު ވާހަކަދައްކަން އުނދަގޫ މައްސަލަ ތަކުގައިވެސް އެބޭފުޅުންނާ މަޝްވަރާ ކުރުމަކީ ޗާލްސް އަށް މާކަ އުނދަގޫ ކަމަކަށްނުވެއެވެ. އަބްދުއްލާ ރަސްގެފާނާއެކު ސަހަރާގެ ފޭލިގޭގައި ދުވަސް ހޭދަކުރައްވައި ބޯޅަ ކުޅުއްވާ ހައްދަވާފައިވެސް ވެއެވެ. އެހާވަރުގެ އަރިސްކަމެއް ސަޢޫދީގެ ރަސްފެފާނުގެ އަރިހުގައި ލިބޭނީ ވަރަށް ގާތް ބޭފުޅަކަށެވެ.         

ޗާލްސް އަކީ މިހާރު އިނގިރޭސި ވިލާތުގެ ރަސްގެފާނެވެ. ކުރީގައި އުޅުއްވި ގޮތަށް އަރަބި ލީޑަރުންނާއެކު އުޅުއްވުމުގެ ފުރުސަތު ނުލިބޭނެކަން ގަބޫލުކުރަން ޖެހެއެވެ. އަދި ކުރިން އޮތް ގާތް އެކުވެރިކަމުގެ ފައިދާ ނެގުމަށްވެސް ހުރަސްތަކެއް މެދުވެރިވެދާނެއެވެ.

އެހެންނަމަވެސް އިނގިރޭސި ވިލާތުގެ ކުރިއެރުމަށްޓަކައި އެބޭފުޅުންނަކީ ރަސްގެފާނު ޗާލްސްގެ ގާތް އެކުވެރިކަމުން ގިނަ ފައިދާތަކެއް ހުރިހާ ގައުމަކަށްވެސް  ލިބޭނެކަމަށް ބެލެވެއެވެ. 

ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި ގަތަރާ އެކުވެސް ޗާލްސްގެ ގުޅުން ވަރަށް ރަނގަޅެވެ. އެ ގުޅުމުގެ ތެރެއިން ޗާލްސް ހިންގަވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަންޑަކަށް ގަތަރުގެ ބޮޑުވަޒީރު 2.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދެއްވާފައި ވެއެވެ.                                             

ޔުނައިޓެޑް އެރެބް އެމިރެޓްސްއިން އުންމީދު ކުރަނީ ރަސްގެފާނު ޗާލްސްގެ ރަސްކަމުގައި މިހާރަށްވުރެންވެސް ބޮޑަށް ދެގައުމުގެ ގުޅުން ބަދަހިވާނެ ކަމަށެވެ.  ރާނީ އެލިޒަބަތުގެ ރަނިކަމުގައި ދުބާއި އަށާއި އަބޫދާބީ އަށް ވަޑައިގެން އިނގިރޭސި  ވިލާތެކު ވިޔަފާރީގެ ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރެއްވިއެވެ. ޔޫ. އޭ. އީ. އަކީ ވަކި ގައުމެއްކަމުގައި ހަމަޖެހުނީ ރާނީ އެލިޒަބަތުގެ ރަނިކަމުގައެވެ. 

ރަސްގެފާނު ޗާލްސް އާއި ޕްރިންސް އެންޑްރޫ ވެސް ގަލްފުގެ ގައުމުތަކުގެ ވެރިންނާއެކު އެއްތަށިމަތިން ފަރިއްކުޅުއްވުން ފަދަ ގާތްކަމެއް ބޭއްވިއެވެ. އެކަމަކު ރަސްގެފާނުގެ ޙައިސިއްޔަތުން އެގޮތަށް ކަންތައްކުރުމުގެ ފުރުސަތު ނެތްކަމާއި އަދި މިހާރުގެ ޙާލަތު އަރަބި ލީޑަރުން ނަށްވެސް އެނގިވަޑައި ގަންނަވާނެކަން ގަބޫލު ކުރައްވައެވެ. 

އެހެންނަމަވެސް ރަސްގެފާނު ޗާލްސް އަކީ  އިނގިރޭސީންގެ ބައެއް އެހެން ސިޔާސީ ބޭފުޅުންފަދައިން އެއްވެސް އިރެއްގައި ގަދަފަދަކަން ދެއްކުމާއި އަމިއްލަ ގޮތްގަނޑަށް ތާއީދުކުރެއްވި ބޭފުޅެއް ނޫނެވެ. ރަސްގެފާނު ޗާލްސްއަކީ ބުނެވޭގޮތުގައި އިސްލާމްދީނަށް ޝައުގުވެރިކަން ބަހައްޓަވާ އަދި ގަލްފު ސަރަޙައްދާއި ދޭތެރޭ ޚާއްސަ ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅަކަށްވީތީ ރަސްކަމުގެ ދައުރުގައިވެސް އެ ގުޅުން ދަމަހައްޓަވާނެ ކަމަށް ގަލްފުގެ ވެރިން އުންމީދު ކުރައްވައެވެ.

2 Responses

  1. ޗާލްސް އަރަބި ގައުމަކަށް ވަޑައިގެންފިނަމަ އަސްލުވެސް ޖަމަލު މަތީ ގަނޑުވަރަށް ގެންދެވީމާ ރަނގަޅުވާނެއެވެ. މަންމަނުގެ އައިޑިއާ ރަނގަޅު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް