އީރާނުގެ ގިނަ ރަށްތަކެއް ސެކިއުރިޓީ އެލާރޓްގައި

Loading

Facebook
Twitter
WhatsApp

ފާއިތުވެގެންމިދާ ދުވަސްތަކުގެތެރޭގައި އެމެރިކާއާއި އީރާނުގެ ވެށި މާބޮޑަށް ނުތަނަވަސް ވުމާގުޅިގެން އީރާނުގެ ފަންސާހަކަށް ސިޓީއާއި ޓައުންތަކުގައި ބޭރުން އަތުވެދާނެ ނުރައްކަލުން އިންޒާރު ލިބިގަތުމުގެ ސިވިލް ޑިފެންސް ވަސީލަތްތައް ގާއިމްކޮށްފިއެވެ. 

އީރާނުގެ ދިފާޢީ ވަޒީރުގެ ނައިބު ޖެނެރަލް މަޙުމަދީ ފަރާޙީ ވިދާޅުވީ މިޒަމާނުގައި ގައުމަކާ ދިމާކުރުންވެސް މިއޮންނަނީ އެގައުމެއްގެ ހަކަތައާއި ގާބިލުކަން ހުރި މިންވަރެއްގެ މައްޗަށް ބިނާކޮށެވެ. އީރާނަށް ނުރައްކާތެރި ޙަމަލާތައް މެދުވެރި ކުރުވާނީ މިވެނި ގައުމަކުންނޭ ވިދާޅުވެ ވަކި ގައުމެއްގެ ނަން އީރާނުގެ ވަޒީރު ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް ހަނގުރާމާގައި އާންމުކޮށް ބޭނުންކުރާ ކޮންވެންޝަނަލް ހަތިޔާރުގެ ބަދަލުގައި މިހާރު ގައުމުތަކާ ދިމާކުރާނީ ސައިބަރ ނުވަތަ ބައިލޮޖިކަލް ނުވަތަ ރޭޑިއޯ އެކްޓިވް ޙަމަލާތަކުން ކަމަށްވެއެވެ. އީރާނަށް އަތުވެދާނެ ކޮންމެ ނުރައްކަލެއްގެ ތަފްސީލު މަޢުލޫމާތު މިވަސީލަތުގެ ސަބަބުން 24 ގަޑިއިރު ކަމާބެހޭ އިދާރާތަކަށް ލިބިލިބި ހުންނާނެއެވެ. 

މިހާރު އުފެދިގެން މިއުޅޭ ނުތަނަވަސްކަން އުފެދިގެން އައީ ރެޑްސީގައި އެމެރިކާގެ ޑްރޯންތަކެއް އީރާނުން އަތުލައި ގަތުމާއި ގުޅިގެންނެވެ. މީގެ ފުރަތަމަ ހާދިސާ ހިނގާފައިވަނީ ޕާރޝިއަން ގަލްފުގައި އެމެރިކާގެ ޑްރޯނެއް އަތުލާގަންނަން އީރާނުގެ ބޯޓަކުން ކުރިމަސައްކަތުގައި އެ ޑްރޯން ކަފުޖަހައިގެން ދުއްވަމުން ދިއުމުންނެވެ. ފަހުން އެމެރިކާގެ ހަނގުރާމަމަތީ 5 ވަނަ ފްލީޓުން ހެލިކޮޕްޓަރާއި ސްޕީޑް ބޯޓުފަހަރު ފޮނުވައިގެން އެކަން ހުއްޓުވީއެވެ.


ދެވަނަ ހާދިސާ ހިނގީ ރެޑްސީގެ ތެރޭގައި އީރާނުގެ މަނަވަރަކުން އެމެރިކާގެ ދެ ޑްރޯން އަތުލާގަނެ ހިފޭއްޓުމާއި ގުޅިގެންނެވެ. އެމެރިކާގެ ހަނގުރާމައިގެ 5 ފްލީޓަށް އެކަން އެނގިގެން ޑެސްޓްރޯޔަރ ދެ ހެލިކޮޕްޓަރ ފޮނުވަން ޖެހުނެވެ. ޕެންޓަގަން އިންބުނާގޮތުގައި އީރާނުގެ މަނަވަރުން އެ ޑްރޯންތައް ތަރުފާލު އަޅައިގެން ފޮރުވަންވެސް މަސައްކަތް ކުރިއެވެ. އެކަމަކު ފަހުން އެ ޑްރޯންތައް ދޫކޮށްލީ ކަމަށެވެ.


ޙަގީގަތުގައި މިއަހަރު ފެށުނީއްސުރެން އެމެރިކާގެ 5 ވަނަ ފްލީޓުން ގެންދަނީ މި ޙަރަކާތްތައް އީރާނަށް ދުއްޕާން ކުރުމުގެ ގޮތުން ކުރިއަށް ގެންދަމުންނެވެ. އަބަދުވެސް އީރާނާއި އެމެރިކާއާއި  ދެމެދު މިފަދަ ދިމާކުރުމާއި ޙަމަލާތައްވެސް ބަދަލުކުރެވެއެވެ. ގިނަ ޢަރަބި ގައުމުތަކުން ގަބޫލުކުރާ ގޮތުގައިވެސް އެމެރިކާއިން އިރާނާ ކޮންމެގޮތަކުންވެސް ތޮޅެލަން ބޭނުންވަނީ އިސްރޭލު މެދުއިރުމަތީގައި ބާރުވެރި ކުރެވުމަށެވެ. 


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް