އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެންމެ ފަހުގެ އިންޒާރު އިންޑިއާއަށް 

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ ހިންގުމަށް ދިމާވެފައިވާ މައްސަލަތައް  ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ޙައްލު ނުކޮށްފިނަމަ އިންޑިއާގެ ނަމުގައި ނުވަތަ އިންޑިއާގެ ދިދަ ބޭނުންކޮށްގެން ބައިނަލް އަގްވާމީ އެއްވެސް ކުޅިވަރު މުބާރާތެއްގައި އިންޑިއާގެ އެތުލެޓުންނަށް ބައިވެރިނުވެވޭނެކަމަށް އެ ކޮމިޓިން އިންޑިއާއަށް އިންޒާރު ދީފިއެވެ.

އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ބޯޑުގެއެންމެ ފަހުގެ އިންޒާރު ބިނާކޮށްފައިވަނީ އިންޑިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީއަށް ދިމާވެފައިވާ އެތެރޭގެ ފުށުން އެރުންތަކާއި ހިންގުމުގައި ދިމާވެފައިވާ އުނިކަމާއި އަދި ކުރިއަށްދާ ކޯޓުކޭސް ތަކުގެ މައްޗަށެވެ.                 

އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ޗާޓަރާ އެއްގޮތަށް އަދި އެކޮމިޓީން ގަބޫލުކުރާ ފެންވަރެއްގައި އިންޑިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވަންޖެހޭ އިންތިޚާބު ބޭއްވުމާއި އެކޮމިޓީ ހިންގުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ނުކުރެވިއްޖެނަމަ މިއަހަރު ޑިސެމްބަރުގައި އޮންނަ ބައްދަލުވުމުގައި އިންޑިއަން އޮލިމްޕިކް ކޮމިޓީ ވަގުތުން ސަސްޕެންޑް ކުރާނެކަމަށެވެ. އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީން ބުނާގޮތުގައި 2021 ވަނައަހަރު ބާއަވަންޖެހޭ އިންތިޚާބު އަދިވެސް އޮތީ ނުބާއްވައެވެ.                  

އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީން ބުނާގޮތުގައި އިންޑިއާ އިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ނުކޮށްފިނަމަ އެއްވެސް އޮލިމްޕިކް ކުޅިވަރެއްގައި ނުވަތަ އެއްވެސް ބައިނަލް އަގްވާމީ ކުޅިވަރެއްގައި އިންޑިއާ ނުވަތަ އިންޑިއާގެ ދިދަ ބޭނުންކޮށްގެން ތަމްސީލެއް ނުކުރެވޭނެއެވެ. މީގެކުރިން ވަކިވަކިން ސަސްޕެންޑް ކުރެވުނު ކުޅުންތެރިންގެ މައްސަލަތައް މިހާރު އޮތީ ޙައްލު ކުރެވިފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެކުލެވިގެންވާ އިންޑިއާއިން އެންމެ ފަހުގެ ޓޯކިއޯ ގޭމްސް ގައި 7 މެޑެލް ޙާސިލުކުރިއެވެ. އޭގެ ތެރޭގައި ނީރާޖް ޗޮޕްޅާ ހޯދި  ރަންމެޑެލް ވެސް ހިމެނެއެވެ. އެއީ މިހާތަނަށް އިންޑިއާއިން ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.                                                 

ލަންޑަން އޮލިމްޕިކްގެ ފަހުން 2012 ވަނައަހަރުވެސް އިންޑިއަން އޮލިމްޕިކް ކޮމިޓީ ސަސްޕެންޑް ކުރެވުނެވެ. އަލުން ހުއްދަ ދެވުނީ 2014 ވަނައަހަރުގައެވެ.                                         

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް